މަޝްހޫރު ވިޔަފާރިވެރިޔާ ހުސައިން އިސްމާއިލް އެމްޓީއޭގެ ނައިބު ރައީސްކަމަށް ހަމަޖައްސައިފި

މަޝްހޫރު ވިޔަފާރިވެރިޔާ ހުސައިން އިސްމާއިލް އެމްޓީއޭގެ ނައިބު ރައީސްކަމަށް ހަމަޖައްސައިފި

Author
ޙަސަން މުޙައްމަދު
27 ޖުލައި 2024 10:43
0

މަޝްހޫރު ވިޔަފާރިވެރިޔާ، އަދި މި ސަރުކާރުގެ އެގްރިކަލްޗަރ އެންޑް ވެލްފެއަރ މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރ ހުސައިން އިސްމާއިލް މޯލްޑިވްސް ޓްރޭޑް އެސޯސިއޭޝަން (އެމްޓީއޭ)ގެ ނައިބު ރައީސްކަމަށް ހަމަޖައްސައިފިއެވެ.

ހުސައިން އިސްމާއިލް މީގެކުރިން ވަނީ، ކާނަލް ނާޒިމް އުފައްދާފައިވާ މޯލްޑިވްސް ނޭޝަނަލް ޕާޓީގެ ނާއިބު ރައީސްގެ ހައިސިއްޔަތުން ސިޔާސީ އިސްލާހީ މަސައްކަތުގައި އިސްކޮށް އުޅުއްވާފައެވެ. އަދި އޭނާވަނީ މިސަރުކާރުވެރިކަމަށް ގެނައުމުގައި، އެމްއެންޕީގެ އިސް ފަރާތެއްގެ ހައިސިއްޔަތުން ގިނަ މަސައްކަތަކެއްވެސް ކުރައްވާފައެވެ.

އޭގެ އިތުރުން ހުސައިން އިސްމާއިލްއަކީ ކާމިޔާބު ވިޔަފާރި ވެރިއެއްވެސްމެއެވެ.

މޯލްޑިވްސް ޓްރޭޑް އެސޯސިއޭޝަން (އެމްޓީއޭ)އަކީ ވިޔަފާރިވެރިންގެ ހައްގުގައި މަސައްކަތް ކުރުމަށް އުފައްދާފައިވާ ޖަމިއްޔާއެކެވެ. އެގޮތުން އެޖަމިއްޔާއިން ވަނީ ފާއިތުވެދިޔަ ތަނުގައި، ވިޔަފާރިވެރިންނަށް ކުރިމަތިވާ ބައެއް މައްސަލަތަކަށް ހައްލު ހޯދުމަށް ސަރުކާރާއި ދައުލަތުގެ ބައެއް މުވައްސަސާތަކާއި ގުޅިގެން މަސައްކަތް ކޮށްފައެވެ.

އެގޮތުން، އެމްޕީއެލްއިން ޝިޕިން އޭޖެންޓުން އަތުން ޑޮލަރުން ފައިސާ ނަގަން ދާދިފަހުން ނިންމި މައްސަލާގައި ރައްޔިތުންގެ މަޖިލިހުގެ އިގްތިސާދީ ކޮމިޓީއާއި އެޖަމިއްޔާއިން ބައްދަލު ކޮށްފައި ވެއެވެ.

އެމްޓީއޭއިން މިހާރު ގެންދަނީ އަންނަ މަހުގެ 1 އިން 7 އަށް، ވިޔަފާރިވެރިންނަށް ޚާއްސަ ނައިޓް މާރކެޓެއް ބޭއްވުމަށް ތައްޔާރު ވަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.