މިއަހަރުގެ ފުރަތަމަ ހަ މަސް ތެރޭ 62 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފައިވާކަމަށް ފުލިހުން ވިދާޅުވެއްޖެއެވެ.
މިއަހަރުގެ ފުރަތަމަ ހަ މަސް ތެރޭ 143 މިލިއަން ރުފިޔާގެ ޑްރަގްސް އަތުލައިގެންފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުންގެ ޑްރަގް އެންފޯސްމެންޓުގެ ހެޑް، ސުޕްރިޑެންޓް އޮފް ޕޮލިސް، ނާހިދު ހުސެއިން ވިދާޅުވީ މިއަހަރުގެ ފުރަތަމަ ހަ މަސްތެރޭ ޖުމްލަ 62 ކިލޯގެ މަސްތުވާތަކެތި ހޯދައިފައިވާ ކަމަށާއި އެތަކެތީގެ އަގު 143 މިލިއަން ރުފިޔާއަށް އަރ ކަމުގައެވެ. އަދި އެއީ އެވަރެޖުކޮށް މަހަކަށް 10 ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތި ކަމުގައިވެސް އޭނާ ވިދާޅުވިއެވެ.
މަސްތުވާތަކެއްޗަކީ އެންމެ ބޮޑަށް ސަމާލުކަންދީގެން މަސައްކަތް ކުރަން ޖެހިފައިވާ މައްސަލަކަން ފާހަގަކުރެވޭ ކަމަށާއި އަދި އަތުލެވޭ މިންވަރު ވެސް އެކި ފަހަރު އެކި އަހަރު އެކި އަދަދުތަކުން ހުންނަ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
މީގެއިތުރުން މިއަހަރުގެ ފުރަތަމަ ހަ މަސް ދުވަހުގެ ތެރޭގައި މަސްތުވާތަކެތީގެ އެކިއެކި މައްސަލަތަކުގައި 116 ބިދޭސީން ޑީޕޯޓް ކޮށްފައިވާ ކަމަށްވެސް ނާހިދު ވިދާޅުވި އެވެ.
ކޮމެންޓު ފޮނުވާ