ޕެރޭޑް ފަސްކުރުމުން، މިއަދު ހަވީރު މާލޭގައި އެއްގަނު އުޅަނދު ދުއްވުން މަނާކުރުމަށް ނިންމި ނިނުން ކެންސަލް ކޮށްފި

ޕެރޭޑް ފަސްކުރުމުން، މިއަދު ހަވީރު މާލޭގައި އެއްގަނު އުޅަނދު ދުއްވުން މަނާކުރުމަށް ނިންމި ނިނުން ކެންސަލް ކޮށްފި

Author
ޙަސަން މުޙައްމަދު
26 ޖުލައި 2024 01:28
0

މިނިވަން ދުވަހުގެ މުނާސަބަތުގައި މިއަދު ހަވީރު އެމްއެންޑީއެފްއިން ބާއްވަން ހަމަޖެއްސި ޕެރޭޑް ފަސްކުރުމުން، މިއަދު ހަވީރު މާލޭގައި އެއްގަނު އުޅަނދު ދުއްވުން މަނާކުރުމަށް ނިންމި ނިނުން ސިޓީ ކައުންސިލުން ކެންސަލް ކޮށްފިއެވެ.

މާލެ ސިޓީ ކައުންސިލުން އެކްސްގައި ކޮށްފައިވާ ޕޯސްޓެއްގައި ވަނީ ހަވީރު 4:00 އިން 6:00 އަށް މާލޭގައި ހިނގާފައި އުޅެން ނެރުނު ޓްރެފިކް ނޯޓިސް ކެންސަލްކޮށްފައިވާވާ ކަމަށެވެ.

މިއަދު ބޭއްވުމަށް ހަމަޖެއްސި މިނިވަން ދުވަހުގެ ޕެރޭޑް އެމްއެންޑީއެފްއިން ފަސްކުރީ ވިއްސާރަ ވުމުގެ ސަބަބުންނެވެ.

އެމްއެންޑީއެފްއިން ކުރި އެކްސް ޕޯސްޓެއްގައި ވިދާޅުވ ީމިނިވަންދުވަހުގެ މުނާސަބަތުގައި މާލޭގައި މިއަދު ބޭއްވުމަށް ތާވަލްކުރެވިފައިވާ ޝަރަފުގެ ހިނގާލުން، މޫސުން ތަންނުދިނުމުގެ ސަބަބުން ފަހުގެ ތާރީޚަކަށް ފަސްކުރެވިފައިވާކަމުގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.