ހޮވައިގެން ގެންދިޔަ ދިޔާހަކުރު ފުޅިއެއްގެ ވެރިފަރާތް ހޯދަން ފުލުހުން އިއުލާން ކޮށްފި

ހޮވައިގެން ގެންދިޔަ ދިޔާހަކުރު ފުޅިއެއްގެ ވެރިފަރާތް ހޯދަން ފުލުހުން އިއުލާން ކޮށްފި

Author
ޙަސަން މުޙައްމަދު
25 ޖުލައި 2024 11:28
0

ހޮވައިގެން ގެންގޮސް ފުލުހުންނާއި ހަވާލުކޮށްފަހުރި ދިޔާހަކުރު ފުޅިއެއް ހިމެނޭގޮތުން، ފުލުހުންގެ ބެލުމުގެ ދަށުގައި ހިރި ބައެއް ތަކެތީގެ ވެރިފަރާތް ހޯދުމަށް ފުލުހުން އިއުލާން ކޮށްފިއެވެ.

މި ތަކެއްޗަކީ ހޮވައިގެން ގެނެސްފައިވާ ތަކެއްޗާއި ތުހުމަތު ކުރެވިގެން ހުއްޓުވައި ސުވާލުކުރި ބައެއް މީހުންގެ އަތުން ފެނިފައިވާ ތަކެތިކަމަށް ފުލުހުން ބުނެފައި ވެއެވެ. އަދި އެ ތަކެތީގެ ވެރިފަރާތް އެ މީހުންނަށް ބުނެދެވިފައި ނުވާތީ އެ ތަކެތި ވަނީ ފުލުހުންގެ ބެލުމުގެދަށަށް ގެނެސްފައިވާކަމަށްވެސް ފުލުހުން ބުނެފައި ވެއެވެ.

ފުލުހުން އިއުލާން ކޮށްފައިވަނީ ވަނީ 3 ޕޮލިސް ސްޓޭޝަނަކާއި އެއަރޕޮލިސް ޕޮލިސް ޕޯސްޓަށް ގެންގޮސްފައިވާ ބައެއް ތަކެތީގެ ވެރިފަރާތް ހޯދުމަށެވެ. އެ ތަކެއްޗަކީ:

މާފަންނު ޕޮލިސް

ޖުލައި 19 ވަނަ ދުވަހު, މަޖީދީމަގު ޑޮލަރު އޭޓީއެމް ކައިރިން ހޮވައިގެން ގެންގޮސްފައިވާ 100 ޑޮލަރު. އިންސިޑެންޓް ނަންބަރު 605744

ޖުލައި 22 ވަނަ ދުވަހު، ކަނބާއައިސަރަނި ހިނގުމާއި ކާނޭޝަން މަގު ގުޅޭ ހިސާބުން ވައްކަމުގެ ތުހުމަތުގައި ހުއްޓުވައި ސުވާލުކުރި މީހެއްގެ އަތުން ފެނިފައިވާ ވަގަށް ނަގާފައިވާކަމަށް ބެލެވޭ، ކްރެސްޓް ބްރޭންޑުގެ ދެ ދޮށި. އިންސިޑެންޓް ނަންބަރު 606035

މި ތަކެތީގެ ވެރިފަރާތުން 9660183 އަށް ގުޅުއްވައި އިންސިޑެންޓް ނަންބަރާއެކު މައުލޫމާތު ހިއްސާކުރެއްވުމަށް ފުލުހުން އެދިފައިވެއެވެ. އަދި ކާކުކަން އެނގޭނެ ލިޔުމަކާއެކު މާފަންނު ޕޮލިސް ސްޓޭޝަނަށް ހާޒިރުވެ ތަކެއްޗާ ހަވާލުވުމަށް ފުލުހުން ވަނީ އެދިފައެވެ.

ގަލޮޅު ޕޮލިސް

ޖޫން 22 ވަނަ ދުވަހު ޝަހީދު ހުސައިން މުޙައްމަދު ހިނގުމުން ވައްކަމުގެ ތުހުމަތުގައި ހުއްޓުވައި ސުވާކުރި މީހެއްގެ އަތުން ފެނިފަިއވާ ވަގަށް ނަގާފައިވާކަމަށް ބެލެވޭ ޔޫއެސްބީ، ސީ އެޑަބްޓަރަކާއި ޓްރިމަރެއް. އިންސިޑެންޓް ނަންބަރު 602511

ޖުލައި 11 ވަނަ ދުވަހު ހަދީބީ މަގުން ވައްކަމުގެ ތުހުމަތުގައި ހުއްޓުވައި ސުވާލުކުރި މީހެއްގެ އަތުން ފެނިފަިއވާ ވަގަށް ނަގާފައިވާކަމަށް ބެލެވޭ އައުޓްބޯޑު އިންޖީނެއްގެ ބައެއް. އިންސިޑެންޓް ނަންބަރު 604728

ޖުލައި 16 ވަނަ ދުވަހު ހޮވައިގެން ގެންގޮސްފައިވާ ދިޔާހަކުރު ފުޅިއެއް. އިންސިޑެންޓް ނަންބަރު 605347

މި ތަކެތީގެ ވެރިފަރާތުން 9631696 އަށް ގުޅުއްވައި އިންސިޑެންޓް ނަންބަރާއެކު މައުލޫމާތު ހިއްސާކުރެއްވުމަށް ފުލުހުން އެދިފައިވެއެވެ. އަދި ކާކުކަން އެނގޭނެ ލިޔުމަކާއެކު މާފަންނު ޕޮލިސް ސްޓޭޝަނަށް ހާޒިރުވެ ތަކެއްޗާ ހަވާލުވުމަށް ފުލުހުން ވަނީ އެދިފައެވެ.

ހުޅުމާލެ ފޭސް 2 ޕޮލިސް

ޖުލައި 17 ވަނަ ދުވަހު، ހުޅުމާލެ ފޭސް 2 ޓަވަރު 11 ކައިރިން ހޮވައިގެން ގެނެސްފައިވާ 10 ކޭސް ފެން. ރުފިޔާ. އިންސިޑެންޓް ނަންބަރު 605389

މި ތަކެތީގެ ވެރިފަރާތުން 9393351 އަށް ގުޅުއްވައި އިންސިޑެންޓް ނަންބަރާއެކު މައުލޫމާތު ހިއްސާކުރެއްވުމަށް ފުލުހުން އެދިފައިވެއެވެ. އަދި ކާކުކަން އެނގޭނެ ލިޔުމަކާއެކު މާފަންނު ޕޮލިސް ސްޓޭޝަނަށް ހާޒިރުވެ ތަކެއްޗާ ހަވާލުވުމަށް ފުލުހުން ވަނީ އެދިފައެވެ.

އެއާޕޯޓު ޕޮލިސް

މާރިޗު 28 ވަނަ ދުވަހު، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު އިންޓަނޭޝަނަލް ޑިޕާޗަރ ޓާމިނަލް ކައިރިން ހޮވައިގެން ގެންގޮސްފައިވާ 100 ޑޮލަރު. އިންސިޑެންޓް ނަންބަރު 562657

މި ތަކެތީގެ ވެރިފަރާތުން 9968024 އަށް ގުޅުއްވައި އިންސިޑެންޓް ނަންބަރާއެކު މައުލޫމާތު ހިއްސާކުރެއްވުމަށް ފުލުހުން އެދިފައިވެއެވެ. އަދި ކާކުކަން އެނގޭނެ ލިޔުމަކާއެކު މާފަންނު ޕޮލިސް ސްޓޭޝަނަށް ހާޒިރުވެ ތަކެއްޗާ ހަވާލުވުމަށް ފުލުހުން ވަނީ އެދިފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.