މަޝްހޫރު ލަވަކިޔުންތެރިޔާ ޖަސްޓިން ބީބާ އާއި އޭނާގެ އަންހެނުން ހެއިލީ ބީބާއާ ދެމެދު މައްސަލަ ޖެހިފައިވާ ކަމަށާއި އެމީހުން ގެ ކައިވެނި ނިމުމަކަށް އައސިފައިވާ ކަމަށް ދެކެވޭ ވާހަކަތަކަށް ހެއިލީ ރައްދު ދީފި އެވެ.
އެމެރިކާގެ މެގަޒިންއަކަށް ދިން އިންޓަވިއުއެއްގައި ހެއިލީ ވަނީ އޭނާ އާއި ޖަސްޓިންގެ ކައިވެންޏާ ގުޅޭ ގޮތުން ފަތުރަމުންދާ ވާހަކަތަކާ ގުޅިގެން ރައްދު ދީފަ އެވެ. އެ ވާހަކަތައް އިވިފައި ވަރަށް ދެރަވި ކަމަށް ވެސް އޭނާ ބުންޏެވެ.
އޭނާ ބުނީ ކައިވެނީގެ ފުރަތަމަ ދުވަހުން ފެށިގެން ވެސް އެ މީހުންގެ ވަރީގެ ވާހަކަތައް ދެކެވެމުން އަންނަ ކަމަށެވެ. އަދި އެވާހަކަ ތަކަކީ އެއްވެސް އަސްލެއް އެކުލެވޭ ވާހަކަ ތަަކެއް ނޫން ކަމަށެވެ.
މި އަހަރު ކުރީކޮޅުގައި ބައެއް ނޫސްތަކުން ރިޕޯޓްކުރި ގޮތުގައި ޖަސްޓިން އާއި ހެއިލީގެ ގުޅުން ހީނަރުވެ، އެމީހުން އުޅެނީ ވަރިވާށެވެ. އޭގެ ދުވަސްކޮޅެއް ފަހުން ހެއިލީ ވަނީ އޭނާ ޖަސްޓިންގެ ކުއްޖަކަށް ބަލިވެއިންކަން އިއުލާންކޮށްފަ އެވެ.