ކޯވިޑް-19 : އިތުރު 66 މީހަކު ޕޮޒިޓިވްވެ، އަދަދު 10،808 އަށް

ކޯވިޑް-19 : އިތުރު 66 މީހަކު ޕޮޒިޓިވްވެ، އަދަދު 10،808 އަށް

Author
މުޙައްމަދު ޝަޒައިމް
09 އޮކްޓޯބަރ 2020 10:00
0

ރާއްޖެއިން އިތުރު 66 މީހަކު ކޯވިޑް-19އަށް ޕޮޒިޓިވްވެއްޖެ އެވެ.

އެޗް.ޕީ.އޭއިން ޢާއްމުކޮށްފައިވާ އެންމެ ފަހުގެ މަޢުލޫމާތަށް ބަލާއިރު، އަލަށް ޕޮޒިޓިވްވި 66 މީހުންގެ ތެރެއިން 60 މީހަކު ޕޮޒިޓިވް ވެފައިވަނީ ގްރޭޓާ މާލެ އޭރިޔާ ސަރަހައްދުންނެވެ. އަތޮޅު ތެރެއިން ވަނީ 6 ޕޮޒިޓިވްވެފަ އެވެ. އެޗް.ޕީ.އޭއިން ޢާއްމުކޮށްފައިވާ އެންމެ ފަހުގެ މަޢުލޫމާތަށް ބަލާއިރު، މިއަދު ޕޮޒިޓިވްވި މީހުންގެ ތެރެއިން 54 މީހުންނަކީ ދިވެހިންނެވެ.

މިއަދު ޕޮޒިޓިވްވީ 12 ބިދޭސީންނެވެ. މިއާއެކު މިހާތަނަށް ރާއްޖެއިން ޖުމްލަ 10،808މީހަކު ވަނީ ކޯވިޑް-19އަށް ޕޮޒިވްވެފައެވެ. މީގެ ތެރޭގައި ހިމެނެނީ 6910 ދިވެހިންނާއި 3914 ބިދޭސީންނެވެ.

ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން އަލަށް ބަލިން ރަނގަޅުވެފައި ވަނީ 65 މީހެކެވެ. އަދި މިހާތަނަށް ބަލިން ރަނގަޅުވި މީހުންގެ ޢަދަދު ވަނީ 9654އަށް އަރާފައެވެ. ކޯވިޑް-19 ޖެހުނު މީހުންގެ ތެރެއިން 27 ދިވެހިންނާއި، 7 ބިދޭސީއަކު ހިމެނޭހެން މިހާތަނަށް ރާޢްޖެއިން 34 މީހަކު ވަނީ މިބަލީގައި ނިޔާވެފައެވެ.

ރާއްޖޭގައި ކޯވިޑް-19ގެ އެކްޓިވް ކޭސްތަކުގެ ޢަދަދު 1113ގައި އުޅޭއިރު 369 މީހަކު މިހާރުވެސް އަންނަނީ އައިސޮލޭޝަން ފެސިލިޓީތަކުގައި ފަރުވާ ހޯދަމުންނެވެ. އަދި ހޮސްޕިޓަލުތަކުގައި އެޑްމިޓްކޮށްގެން 74 މީހަކަށް އަންނަނީ ފަރުވާ ދެމުންނެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.