މަޖިލީހުގެ މުދަލާއި ތަކެއްޗަށް ގެއްލުން ދީފިނަމަ، ގެއްލުމުގެ ބަދަލު މެންބަރުގެ މުސާރައިން އުނިކުރުމަށް ގަވާއިދުގައި ހިމަނައިފި

މަޖިލީހުގެ މުދަލާއި ތަކެއްޗަށް ގެއްލުން ދީފިނަމަ، ގެއްލުމުގެ ބަދަލު މެންބަރުގެ މުސާރައިން އުނިކުރުމަށް ގަވާއިދުގައި ހިމަނައިފި

Author
ޙަސަން މުޙައްމަދު
24 ޖުލައި 2024 03:23
0

ރައްޔިތުންގެ މަޖިލިހުގެ މެމްބަރަކު، މަޖިލީހުގެ މުދަލާއި ތަކެއްޗަށް ގެއްލުން ދީފި ނަމަ، ގެއްލުމުގެ ބަދަލު އެ މެންބަރުގެ މުސާރައިން އުނިކުރުމަށް ގަވާއިދުގައި ހިމަނައިފިއެވެ.

ރައްޔިތުންގެ މިއދަު ފާސްކުރި ގަވާއިދުގައި ވާގޮތުން، މަޖިލިހުގެ މެމްބަރުން މަޖިލިސް ގަވާއިދުގައި އެކަށައަޅާފައިވާ ސުލޫކީ މިންގަޑާއި ޚިލާފު ވެއްޖެނަމަ މެންބަރުން ޖަލްސާތަކާއި ކޮމިޓީތަކުންވެސް ސަސްޕެންޑް ކުރެވޭ ގޮތަށްވެސް ވަނީ ބަދަލު ގެނެސްފައެވެ.

މިއަދު ފާސްކުރި ގަވާއިދުގައިވާ ގޮތުން، މަޖިލިސް މެމްބަރުން އެމެމްބަރުންގެ ސުލޫކީ މިންގަޑުތަކާއި ޚިލާފް ވެއްޖެނަމަ، މެންބަރަކު ކުރި އަމަލެއް ކުށްވެރިކޮށް، އެކަމާއި ގުޅޭ ގޮތުން ރަސްމީ ލިޔުމެއް އެ މެންބަރަށް ފޮނުވޭނެއެވެ. އަދި އެ ލިޔުމުގެ ކޮޕީއެއް މަޖިލީހުގެ އެހެން މެންބަރުންނަށް ފޮނުވުމާއެކު، އެ މެންބަރަކު ކުރީ މަޖިލީހުގެ ގަދަރަށް އުނިކަން ލިބޭ ކަމެއްކަން ބަޔާންކޮށް އެކަން ކުށްވެރިކޮށް މަޖިލީހުގެ ތަޅުމުގައި އެކަން އިއުލާނުކުރާނެއެވެ. އަދި އެ އަމަލު ތަކުރާރު ނުކުރުމަށް ނަސޭހަތްތެރިވުން ވެސް ވަނީ އަޅާނެ ފިޔަވަޅުތަކުގެ ގޮތުގައި މަޖިލިސް ގަވާއިދުގައި ކަނޑައަޅާފައެވެ.

އޭގެ އިތުރުންވެސް މަޖިލިހުގެ ގަވާއިދުގައި ވާގޮތުން، މެމްބަރުން ސުލޫކީ މިންގަޑާއި ޚިލާފްވެއްޖެނަމަ، ވަކި އަދަދަކަށް މަޖިލީހުގެ ޖަލްސާ އާއި ކޮމެޓީތަކުގެ ބައްދަލުވުމުގައި ބައިވެރިވުން މަހުރޫމް ކުރުމަށްވެސް ވަނީ ހިމަނާފައެވެ. އޭގެ އިތުރުންވެސް، މަޖިލީހުގެ ރަސްމީ ދަތުރުތަކާއި އެކި ކަންކަމުގައި މަޖިލީހުން ފޮނުވާ ވަފުދުތަކުގައި ބައިވެރިވުމުންވެސް ވަކި މުއްދަތަކަށް މެމްބަރުން މަހްރޫމްކުރުމުގެ ފުސަތު ވަނީ ލިބިދީފައެވެ.

މިއަދު ފާސްކުރި މަޖިލިހުގެ ގަވާއިދުގައި ބުނެފައިވަނީ މެންބަރަކު ސުލޫކީ މިންގަނޑާއި ހިލާފުވެގެން ފިޔަވަޅެއް އެޅިނަމަވެސް އެއީ އަދަބެއް ދިނުމުގެ ބަދަލުގައި މަޖިލީހުގެ ގަދަރު ހިފެހެއްޓުމަށާއި މަޖިލީހުގެ ޖަލްސާތަކުގެ ހުރުމަތް ހިފެހެއްޓުމަށާއި މަޖިލީހާއި މެދު ރައްޔިތުންގެ އިތުބާރު ހިފެހެއްޓުމަށް އަޅާ ފިޔަވަޅެކެވެ.

މިއަދުގެ މަޖިލިސް ޖަލްސާގައި ގަވައިދު ފާސްކުރީ މަޖިލިސް ޖަލްސާއަށް ހާޒިރުވި 64 މެންބަރުންގެ ތާއީދާއި އެކުއެވެ. 9 މެންބަރުން ގަވައިދު ފާސްކުރަން ވޯޓެއް ނުދެއްވައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.