ޕާކިސްތާން ގެ މަޝްހޫރު އެކްޓަރު ފަވާދު ހާން ބޮލީވުޑަށް އެނބުރި އަންނަ ފިލްމުގައި އޭނާ ކުޅޭނީ ޝެފެއްގެ ރޯލު ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
މި ފިލްމުގެ ވާހަކަ މީޑިއާތަކުގައި މިދިޔަ މަހުން ފެށިގެން ދެކެވެމުން އަންނަ އިރު، މީޑިއާތަކުން ބުނީ މީގެ ޝޫޓިން ވަރަށް އަވަހަށް އިނގިރޭސިވިލާތުގައި ފަށާނެ ކަމަށެވެ.
ބައެއް ބޮލީވުޑްގެ ފިލްމް ތަކުން ފެނިގެން ގޮސްފައިވާ ފަވާދް އަކީ ޕާކިސްތާންގައި ވެސް ވަރަށް މަޝްހޫރު އެކްޓަރކެވެ. މިހާރު އޭނާގެ ސީރީޒް އެއް އަންނަނީ ނެޓްފްލިކް އިން ވެސް ދައްކަމުންނެވެ. ބޮޑޫ ތަރުހީބެއް ލިބެމުން އަންނަ މި ޑްރާމާ އަކީ "ބަރްޒަޙް"އެވެ. ލީޑުން ފެނިގެންދަނީ ފަވާދް އާއި އެކުގައި ސަނާއެވެ. މި ދެތަރިން ނަކީ ކުރިން ގެނެސްދިން ކާމިޔާބު ޑްރާމާ "ޒިންދަގީ ގުލްޒާރުހޭ" ގެ ލީޑުން ފެނިގެން ދިއަ ދެތަރިންނެވެ.
ފަވާދު ކުރިން ބޮލީވުޑްގެ ތިން ފިލްމެއް ކުޅުނެވެ. އެއީ ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަންގެ 2016 ގެ "އޭ ދިލް ހެ މުޝްކިލް" އާއި އެ އަހަރުގެ "ކަޕޫރް އެންޑް ސަންސް" ގެ އިތުރުން ސޯނަމް ކަޕޫރްގެ 2014 ގެ "ހޫބްސޫރަތު" އެވެ.
މި ފިލްމުގައި ފަވާދުއާ އެކު ލީޑު ރޯލުން ފެންނާނީ ބޮލީވުޑްގެ އެކްޓްރެސް ވާނީ ކަޕޫރެވެ. މިފަހުން ބައެއް ނޫސްތަކަށް ދިން އިންޓަވިއުތަކުގައި ފަވާދު ވަނީ އޭނާއަށް އިތުރު ފިލްމުތަކުން ވެސް ފުރުސަތު ލިބިފައިވާ ކަން ހާމަކޮށްފަ އެވެ. ނަމަވެސް އޭގެ އިތުރު އެއްވެސް ތަފުސީލެއް ނުދެ އެވެ.
ކޮމެންޓު ފޮނުވާ