ނަމާދު ގަޑީގައި މަޖިލިހުގެ ތަޅުމުގައި ބަންގީގެ އަޑު އިއްވަން ފަށައިފި

ނަމާދު ގަޑީގައި މަޖިލިހުގެ ތަޅުމުގައި ބަންގީގެ އަޑު އިއްވަން ފަށައިފި

Author
އަހުމަދު
22 ޖުލައި 2024 05:25
0

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ކުރިއަށް ދާއިރު، ނަމާދު ވަގުތު ޖެހިއްޖެނަމަ، ބަންގީގެ އަޑު އިވޭ ގޮތަށް ހަދަން ފަށައިފިއެވެ.

މަޖިލިހުގެ މިއަދުގެ ޖަލްސާ ކުރިއަށް ދަނިކޮށް މެންދުރު ނަމާދުގެ ވަގުތު ޖެހުމާ އެކުގައި މަޖިލިހުގެ ތަޅުމުން ބަންގީގެ އަޑު އިވިފައިވެއެވެ.

އޭރު މަޖިލިހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ގެންދެވީ ބާރަށު ދާއިރާގެ ޕީއެންސީގެ މެމްބަރު އިބްރާހިމް ޝުޖާއުއެވެ. ޝުޖާއު ވާހަކަ ދައްކަވަމުން ގެންދަވަނިކޮށް މައިކް ކަނޑާލައި، މަޖިލިހުގެ ތަޅުމުގައި ބަންގީގެ އަޑު އިއްވަން ފެށިއެވެ.

މިއީ މިފަދަ ގޮތަކަށް މަޖިލީހުގެ ރިޔާސަތުން އަމަލު ކުރި ފުރަތަމަ ފަހަރެވެ.

މީގެ ކުރީން ބަންގީގެ ވަގުތު އައި ކަމުގައި ވިޔަސް މަޖިލިސް މެދުކަނޑާނުލައި ކުރިއަށް ގެންދެއެވެ. ނަމަވެސް ޓީވީތަކުގެ ލައިވް ބަންގީގެ ވަގުތަށް މެދުކަނޑާލައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.