"އިސްތިރީ 2″ ގެ ޓްރެއިލާ ދައްކާލައިފި

"އިސްތިރީ 2″ ގެ ޓްރެއިލާ ދައްކާލައިފި

Author
ފާތިމަތު ނާވީ
22 ޖުލައި 2024 04:14
0

އުންމީދީ ބޮލީވުޑްގެ ހޮރޯ-ކޮމެޑީ "އިސްތިރީ 2″ ގެ ޓްރެއިލާ މިއަދު ދައްކާލައިފި އެވެ.

މި ފިިލްމަކީ ޕްރޮޑިއުސަރު ދިނޭޝް ވިޖަންގެ މެޑޮކް ފިލްމްސް އިން 2018 ގައި ގެނެސްދީގެން ބޮޑު މަގުބޫލުކަމަކާއި ބޮކްސް އޮފީހުގައި ހައިރާން ކުރުވަނިވި ވަރުގެ އާމްދަނީއެއް ވެސް ހޯދި "އިސްތިރީ" ގެ ސީކްއެލް އެވެ.

 

View this post on Instagram

 

A post shared by Maddock Films (@maddockfilms)

މި ފިލްމުގެ ފުރަތަމަ ބައި 2018 ގައި ރިލީޒް ކުރުމުން ބޮޑު ކާމިޔާބީ އެއް ލިބިފައިވެ އެވެ. އަދި މި ފިލްމު ވަނީ 64 ވަނަ ފިލްމްފެއާ އެވޯޑްސް ގައި 10 ކެޓަގަރީއަކަށް ނޮމިނޭޓްވެފަ އެވެ.

އޮގަސްޓްގައި ނެރޭ ފިލްމުގެ ދެވަނަ ބައިވެސް ޑައިރެކްޓް ކުރަނީ ފުރަތަމަ ބައިވެސް ޑައިރެކްޓް ކުރި އަދި ފިލްމުފެއާގައި ބެސްޓް ޑައިރެކްޓަރު ކަމަށް ނޮމިނޭޓް ވި އަމަރު ކައުޝިކް އެވެ. މި ފިލްމު ޕްރޮޑިއުސް ކޮށްފައިވަނީ އިންޑިއާގެ މަޝްހޫރު މެޑޮކް ފިލްމްސްގެ ފަރާތުންނެވެ.

ޝްރައްދާ ކަޕޫރާއި ރާޖްކުމާރު ރާއޯގެ އިތުރުން މި ފިލްމުގައި ޕަންކާޖް ޓްރިޕާތީ، އަބީޝެކް ބެނާޖީވެސް މުހިއްމު ރޯލު ތަކެއް އަދާކުރެ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.