ވަރިވިކަން އިއުލާން ކުރުމަށް ފަހު ބަތަލާ ނަތާޝާ ސްޓޭކިވޮކް އެބުރި އުފަން ގައުމަށް ދަރިފުޅު އަގަސްތިއާ އާއި އެކުގައި އެބުރި ގައުމު ކަމުގައިވާ ސާބިއާ އަށް ގޮސްފިއެވެ.
އިއްޔެ ގެ ވަގުތެއްގައި ނަތާޝާ އާއި ހާދިކް އެކުވެގެން ނެރުނު ސޯޝަލް މީޑިއާ ޕޯސްޓެއްގައި ބުނީ އެމީހުން ވަރިވާން ނިންމައިފައިވާ ކަމަށެވެ. މިކަން އިއުލާން ކޮށްފައި ވަނީ މީގެ ދެމަހެއްހައި ދުވަސް ކުރިން އެމީހުން ވަރިވާން އުޅޭ ކަމަށް މީޑިއާގައި ރިޕޯޓް ކުރަމުން އަންނަނިކޮންނެނެވެ.
އެ ހަބަރުތަކަށް ބީރު ކަންފަތެއް ދީގެން ތިބުމަށްފަހު އެންމެ ފަހުން އެ ދެމީހުން މިވަނީ ވަރިވިކަން ރަސްމީކޮށް އިއުލާން ކޮށްފަ އެވެ. އަދި އެމީހުންގެ ޕްރައިވެސީ އަށް އިހުތިރާމް ކުރުމަށް ވެސް ވަނި ބުނެފައިއެވެ.
މި ބަޔާން އާއްމުކޮށްފައި ވަނީ ނަތާޝާ އެ ދެމީހުންގެ ދަރިފުޅު އަގަސްތުޔާއާއެކު މުމްބާއީ ދޫކޮށް ފުރިތާ މާ ގިނައިރެއް ނުވަނީސްކަން ފާހަގަ ކޮށްލެވެ އެވެ. އަދި އޭނާ ވަނީ ގައުމުގައި ހުރިކަން ކަށަވަރު ކޮށްދީފައިއެވެ.
އެނބުރި ގައުމަށް ގޮސް ނަގައިފައިވާ ފޮޓޯއެއް ވަނީ އޭނާގެ ސޯޝަލް މީޑިއާ ގައި ހިއްސާކޮށްފައިއެވެ. އަދި ދަރިފުޅުގެ ފޮޓޯއެއް ވެސް ވަނީ ހިއްސާ ކޮށްފައިއެވެ. އެހެން ކަމުން އޭނާ އެއްކޮށް ސާބިއާ އަށް ބަދަލުވީތޯ އެއީ މިހާރުގެ އެންމެ ބޮޑު އެއް ސުވާލެވެ.