ފިހާރައެއް ފަޅާލައި ގަހަނާތަކެއް ވަގަށްނެގި ދިވެއްސަކު ހައްޔަރުކޮށްފި

ފިހާރައެއް ފަޅާލައި ގަހަނާތަކެއް ވަގަށްނެގި ދިވެއްސަކު ހައްޔަރުކޮށްފި

Author
ޙަސަން މުޙައްމަދު
19 ޖުލައި 2024 10:25
0

މާލޭގެ ފިހާރައެއް ފަޅާލައިގެން ގަހަނާތަކެއް ވަގަށް ނެގި މީހަކު ފުލުހުން ހައްޔަރު ކޮށްފިއެވެ.

ފުލުހުން މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ވިދާޅުވީ މީހަކު ހައްޔަރު ކޮށްފައިވަނީ ޗަމްޕާ މަގު ޕެންޒީ ފިހާރައިން ރޭގެ ވަގުތެއްގައި ވައްކަންކުރި ކަމުގެ ތުހުމަތުގައި ކަމުގައެވެ. ފުލުހުން ހައްޔަރު ކޮށްފައިވަނި އުމުރުން 27 އަހަރުގެ ދިވެއްސެކެވެ.

ފުލުހުން ވިދާޅުވެފައިވަނީ އޭނާ އެ ފިރާއިން ވަގަށް ނެގިކަަމށް ތހުމަތު ކުރެވޭ ގަހަނާތައް ހޯދާފައިވާ ކަމުގައެވެ.

މި މައްސަލަ ފުލުހުން ދަނީ ތަހުގީގުކުރަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.