"ތެރެ އިޝްގް މޭ" އަށް ދަނުޝް އާއި އެކު ތްރިޕްތީ

"ތެރެ އިޝްގް މޭ" އަށް ދަނުޝް އާއި އެކު ތްރިޕްތީ

Author
ފާތިމަތު ނާވީ
16 ޖުލައި 2024 10:08
0

އެކްޓަރު ދަނޫޝް ބަތަލުގެ ރޯލު ފެންނަ ފިލްމު "ތެރެ އިޝްގު މޭ" ގެ ބަތަލާއަކަށް ޓްރިޕްތީ ދިމްރީ ނަގާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

އެކްޓަރު ދަނޫޝް ބަތަލުގެ ރޯލު ކުޅޭ ގޮތަށް ޑައިރެކްޓަރު އާނަންދު އެލް ރާއީ މިދިޔަ އަހަރުގެ ޖޫން މަހު އިއުލާންކުރި ފިލްމު "ތެރެ އިޝްގު މޭ" އަށް ނަގައިފައިވަނީ ކިއާރާ އަދުވާނީ ކަމަށް ވެސް ދޭތެރެއަކުން ހަބަރު ފެތުރުނެވެ.

 

View this post on Instagram

 

A post shared by Aanand L Rai (@aanandlrai)

މިހާރު ބޮލީވުޑްގައި ވަރަށް ބާރަށް ކުރިއަަރަމުން އަންނަ ޒުވާން ބަަތަލާ ޓްރިޕްތީ "ތެރެ އިޝްގް މޭ" ގެ ބަތަލާއަކަށް ނަގާފައިިވާ ކަމަށް މީޑިއާތަކުން ރިޕޯޓްކުރި  ނަމަވެސް ފިލްމު އިއުލާންކުރި ފަހުން އެއާ ބެހޭ އިތުރު އެއްވެސް ތަފުސީލެއް އާނަންދު ނުދެ އެވެ.

ވަރަށް އަސަރު ގަދަ ލޯބީގެ ވާހަކައަކަށް ހަދަން ނިންމާފައިވާ "ތެރެ އިޝްގު މޭ" އިއުލާންކުރީ ޖޫން 21 ގަ އެވެ. ނަމަވެސް މި ފިލްމާ ބެހޭ މާ ބޮޑު ތަފުސީލެއް ފަހަކުން ހާމައެއްނުކުރެ އެވެ. އާނަންދުގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ އަހަރު އަކްޝޭ ކުމާރާ އެކީ ގެނެސްދިން "ރަކްޝާ ބަންދަން" އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.