ވަރުން ގެ ފިލްމް ގެ ނަމަކީ "ހޭ ޖަވާނީ ތޯ އިޝްގް ހޯނާ ހޭ"

ވަރުން ގެ ފިލްމް ގެ ނަމަކީ "ހޭ ޖަވާނީ ތޯ އިޝްގް ހޯނާ ހޭ"

Author
ފާތިމަތު ނާވީ
16 ޖުލައި 2024 01:29
0

އެކްޓަރު ވަރުން ދަވަން އޭނާގެ ބައްޕަ އަށް ކުޅެދޭ 4 ވަނަ ފިލްމް އަށް ނަމެއް ލިބިއްޖެއެވެ.

މި ފިލްމް އިއުލާން ކުރިނަމަވެސް މިހާތަނަށް ނަމެއް ދީފައިއެއް ނުވެއެވެ. ނަމަވެސް މިހާރު ވަނީ މި ފިލްމް އަށް ނަމެއް ލިބިފައިއެވެ. އެގޮތުން މި ފިލްމް އަށް ދީފައިވާ ނަމަކީ "ހޭ ޖަވާނީ ތޯ އިޝްގް ހޯނާ ހޭ" ކަމަށް ރިޕޯޓްތަައް ވަނީ ބުނެފައިއެވެ.

މި ފިލްމަކީ ރަމޭޝް ތައުރާނީ ޕްރޮޑިއުސްކޮށް، ވަރޫންގެ ބައްޕަ މަޝްހޫރު ޑައިރެކްޓަރު ޑޭވިޑް ދަވަން ހަދަން ހަމަޖެހިފައިވާ ރޮމޭންޓިކް ކޮމެޑީއެކެވެ. މީޑިއާތަކުން ބުނެފައިވާ ގޮތުގައި "ހޭ ޖަވާނީ ތޯ އިޝްގް ހޯނާ ހޭ" ގެ ބަތަލާއިންނަކީ މުރްނާލް ތާކޫރާއި ދެކުނުގެ ބަތަލާ ސްރީލީލާ އެވެ.

 

View this post on Instagram

 

A post shared by VarunDhawan (@varundvn)

ބައްޕައާ އެކީ ވަރުން މަސައްކަތްކުރި ފިލްމުތަކަކީ 2020 ގެ "ކޫލީ ނަމްބަރު 1″ އާއި 2017 ގެ "ޖުޅުވާ 2″ ގެ އިތުރުން 2014 ގެ "މޭ ތޭރާ ހީރޯ" އެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.