ސަރުކާރު ބަދަލުވިއިރު 3 ބިލިއަން ރުފިޔާއިން ދަރާފައި އޮތް ފެނަކައިން ފާއިތުވި 7 މަސްތެރޭ 300 މިލިއަން ރުފިޔާގެ ދަރަނި ދައްކާ ޚަލާސް ކޮށްފައިވާކަމަށް އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުއާޒް މުހައްމަދު ރަޝީދު މިރޭ ވިދާޅުވެއްޖެއެވެ.
ޕީއެންސީގެ ޖަގަހާގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން މުއާޒު ވިދާޅުވީ އޭނާ މަގާމާ ހަވާލުވިއިރު ފެނަކައިން އެކި ފަރާތްތަކަށް ދައްކަންޖެހޭ 1.7 ބިލިއަން ރުފިޔާގެ ދަރަނި ޖަމާވެފައި އޮތް ކަމުގައެވެ.
އެގޮތުން އޭނާ ވިދާޅުވީ އެފަރާތްތަކަށް 300 މިލިއަން ރުފިޔާ ދައްކާ ޚަލާސް ކޮށްފައިވަނީ މިހާރުވެސް ކުރަމުންދާ މަސައްކަތްތަކަށް ފައިސާ ދައްކަމުން ކަމުގައެވެ. އޭނާ ވިދާޅުވީ 300 މިލިއަން ރުފިޔާ ދައްކާ ޚަލާސް ކޮށްފައިވާ ފަރާތްތަކުގެ ތެރޭގައި 278 ވެންޑަރުން ހިމެނޭ ކަމުގައެވެ.
މިހާރު ދިވެހި ރައްޔިތުންނަށް ނުދީ ހުރި ފައިސާގެ ތެރެއިން 300 މިލިއަން މި ހަތް މަސް ތެރޭ އަޅުގަނޑުމެން ދައްކާ ޚަލާސްކޮށްފިން. މި 300 ބިލިއަން ރުފިޔާ ދައްކާ ހަލާސްކުރީ އަޅުގަނޑުމެން މިހާރު ކުރަމުންދާ މަސައްކަތަކަށް ފައިސާ ދެމުން.
މުއާޒު ވިދާޅުވިއެވެ.
މުއާޒު ވިދާޅުވީ ސަރުކަރު ބަދަލުވިއިރު އެކުންފުނީގެ ތަކެތި ނާލު ބޯޓުތަކަށްވެސް ނާރުވާ ކަމަށާއި، އެންމެ ފައްކާ ޚަލާސް ކޮށްފައިވަނީ ކުދިކުދި ވިޔަފާރިތަކަށް ދައްކަންޖެހިފައިހުރި ފައިސާ ކަމުގައެވެ.
އޭނާ ވިދާޅުވީ އެކުންފުނިން އަގު ބޮޑުކޮށް ދޯންޏެއް ގަތްކަމަށް ސޯޝަލް މީޑިއާގައި ވާހަކަ ދެކެވުނު ނަމަވެސް، މިހާރު އެއް އަހަރަށް ދޯނި ކުއްޔަށް ހިފުނުން އެކުންފުންޏަށް އަހަރަކަށް 70 މިލިއަން ފރުފިޔާ ސަލާމަތް ކުރެވޭނެ ކަމުގައެވެ.