ބޮލީވުޑްގެ ޒުވާން އެކްޓަރު ވަރުން ދަވަން އޭނާގެ ބައްޕަ އަށް ކުޅެދޭ ފިލްމުގެ ޝޫޓިން މި މަހުގެ 12 ގައި ފަށާނެ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
މީގެ ކުރިންވެސް ބައްޕަ ގެ ފިލްމް ތަކެއް ކުޅެފައިވާ ވަރުން ގެ މި ފިލްމް އަކީ ނަން އަދި އިއުލާން ނުކުރާ ފިލްމް އެކެވެ. މި ފިލްމަކީ ރަމޭޝް ތައުރާނީ ޕްރޮޑިއުސްކުރާ ފިލްމެކެވެ. މި ސިނަމާތަކަށް ގެންނާނީ އަންނަ އަހަރުގެ އޮކްޓޯބަރު 2 ގަ އެވެ.
ވަރުން ގެ މި ރޮމޭންޓިކް ކޮމެޑީގެ ތައްޔާރީތައް މިހާރު ބާރަށް ކުރިއަށްދާ އިރު، ފިލްމުގެ ފުރަތަމަ ޝޫޓިން ޝެޑިއުލް ކުރިއަށް ދާނީ މުމްބާއީގެ މެހެބޫބް ސްޓޫޑިއޯގައި ކަމަށް މީޑިއާ ރިޕޯޓްތަށް އަންނަނީ ބުނަމުންނެވެ.
ދަރިފުޅާ އެކީ ޑޭވިޑް ހަދާ 4 ވަނަ ފިލްމުގެ ބަތަލާއިންނަކީ މުރްނާލް ޓާކޫރާއި ދެކުނުގެ ބަތަލާ ސްރީލީލާ އެވެ. ބައްޕައާ އެކީ ވަރުން މަސައްކަތްކުރި ފިލްމުތަކަކީ 2020 ގެ "ކޫލީ ނަމްބަރު 1″ އާއި 2017 ގެ "ޖުޅުވާ 2″ ގެ އިތުރުން 2014 ގެ "މޭ ތޭރާ ހީރޯ" އެވެ.