"ހުރުތު" ބަލާލަން ކަމު ދާ ކަހަލަ ސިފަތަކެއް ނެއް މީހެއް ކަމަށް ބުނެ، ބޮލީވުޑްގައި އޭނާއާ މެދު ތަފާތުކުރުން ގެންގުޅޭ ކަމަށް ބޮލީވުޑްގެ އެކްޓަރު ނަވާޒުއްދީން ސިއްދިގީ ބުނެފި އެވެ.
މޮޅު ހުނަރު ފިލްމް ތަކުގައި ދައްކައިފައިވާ ހުނަރުވެރި އެކްޓަރު މިފަހުން ދިން އިންޓަވިއުއެއްގައި ބުނީ މިހާރު ބޮލީވުޑްގައި އެންްމެ "ހުތުރު" އެކްޓަރަކީ އޭނާ ކަމަށް އޭނާ އަމިއްލަ އަށް ގަބޫލުކުރެވެން ފަށައިފި ކަމަށެވެ.
"ނިއުސް18″ އަށް ދިން އިންޓަވިއުއެއްގައި ނަވާޒް ބުނީ މީހުން އޭނާ އަށް ނަފްރަތު ކުރަނީ ކީތްވެ ކަމެއް ބުނެދޭން ނޭނގޭ ކަމަށެވެ. އަދި ލޯގަނޑުން އޭނާ އަމިއްލަ ސޫރަ ބަލާލާ ކޮންމެ ފަހަރަކު ފިލްމީ ދާއިރާ އަށް ނުކުތީ ކީއްވެގެންތޯ ސުވާލު ކުރެވޭ ކަމަށެވެ.
އިތުރަށް ވާހަކަ ދައްކަމުން އޭނާ ބުނީ ސިފައާ ބެހޭ ގޮތުން އިވޭ އަޑުތަކަކީ އޭނާ އަށް އާ ވާހަކަ ތަކެއް ނޫންކަމަށެވެ. އަދި ބައެއް މީހުންގެ މި ނަފްރަތު ވެސް އޭނާ އަށް އައު ނޫން ކަމަށް ވަނީ ބުނެފައިއެވެ.
ވަރަށް މޮޅެތި ފިލްްމް ތަކެއް ކުޅެފައިވާ އެކްޓަރު އެންމެ ފަހުން ފެނިގެންދިއައީ މިދިއަ މަހު ރިލީޒް ކުރި ފިލްްމް "ރައުޓޫ ކާ ރާޒް" އިންނެވެ.
ކޮމެންޓު ފޮނުވާ