ބޮލީވުޑްގެ މަޝްހޫރު އެކްޓަރު އަކްޝޭ ކުމާރު އަށް 3 ވަނަ ފަހަރަށް ކޯވިޑް-19 ޖެހިއްޖެއެވެ.
އަކްޝޭ އަށް އެންމެ ފުރަތަމަ ކޮވިޑް މި ބަލި އެންމެ ބޮޑަށް ފެތުރުނު ދުވަސްވަރުގެ ތެރޭގައި 2021 އެޕްރީލް މަހުގެ ތެރޭގަ އެވެ. އޭގެ ފަހުން 2022 ގެ މެއި މަހުގެ ތެރގައި ވެސް ބައްޔަށް ޕޮޒިޓިވްވި އެވެ.
މައުލޫމާތު ލިބޭ ގޮތުގައި އަކްޝޭ ވަނީ ކޮވިޑް އިން ރައްކާތެރި ވުމަށް ޖަހަން ޖެހޭ ވެކްސިން ވެސް ޖަހައިފައިއެވެ. އަދި ރައްކާތެރިކަމުގެ ހުރިހާ ފިޔަވަޅެއް އަޅައިފިވާކަމަށް ވެއެވެ.
އަކްޝޭ އަށް އަށް ތިން ވަނަ ފަހަރަށް ކޮވިޑް ޖެހުމާ ގުޅިގެން މިއަދު ސިނަމާތަކަށް ގެނައި އޭނަގެ އެންމެ ފަހުގެ ފިލްމު "ސަރުފީރާ" ގައި ވެސް ބައިވެރިވެވޭ ގޮތެއް ނުވެއެވެ.
ކޮމެންޓު ފޮނުވާ