މާދަމާ ހެނދުނު ހެންވޭރުގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑިދާނެ: ސްޓެލްކޯ

މާދަމާ ހެނދުނު ހެންވޭރުގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑިދާނެ: ސްޓެލްކޯ

ގުޅުންހުރި

ޑިސްޓްރިބިއުޝަން ނެޓްވޯކުގެ މަސައްކަތެއް ކުރުމަށް މާދަމާ ހެނދުނު ހެންވޭރުގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑިދާނެ ކަމަށް ސްޓެލްކޯއިން ބުނެފި އެވެ.

ސްޓެލްކޯއިން މިއަދު ކުރި އިއުލާނެއްގައި ބުނީ އެ ކުންފުނީގެ ޑިސްޓްރިބިއުޝަން ނެޓްވޯކުގައި ކޮންމެހެން ކުރަންޖެހޭ މަސައްކަތެއް ކުރުމަށްޓަކައި، މާދަމާ (13 ޖުލައި 2024) ހެނދުނު 06:00 ގައި މާލެ ސިޓީ، ހެންވޭރުގެ ބައެއް ސަރަޙައްދުތަކުން ކުޑަ ވަގުތުކޮޅަކަށް ކަރަންޓު ކެނޑުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.

އަދި މި ކަމާއި ގުޅިގެން ދިމާވެދާނެ ދަތިތަކަށް މަޢާފަށް އެދޭ ކަމަށްވެސް އެކުންފުނިން ވަނީ ބުނެފައި އެވެ.

މީގެ އިތުރުންވެސް ކަރަންޓުގެ ވިއުގަ އަޕްގްރޭޑް ކުރުމުގެ މަސައްކަތަށް މާލެ ސިޓީ، ހުޅުމާލެ، ފޭސް 1، ނިރޮޅުމަގު ހިމެނޭ ސަރަޙައްދުންނާއި މާލެ ސިޓީ، ހެންވޭރު، ސޯސަން މަގު، ކާސިންޖީ މަގު އަދި ދޫހިމެރި މަގު ހިމެނޭ ސަރަޙައްދުންނާއި މާލެ ސިޓީ، އަމީނީ މަގު، އަމީނީ މަގު ހަނިގޯޅި، ބޮޑުތަކުރުފާނު މަގު، ރަށްދެބައި ހިނގުން، ފަޅުމަތީ މަގު އަދި ތަބުރޭޒީ ހިނގުން ހިމެނޭ ސަރަޙައްދުންނާއި މާލެ ސިޓީ، ޝަޙީދު ކުޑައާދަމުގެ ކުޑަތުއްތު ހިނގުން، މެދުޒިޔާރަތް މަގު، ދަރުމަވަންތަ މަގު އަދި ޝަޙީދު ޙުސައިން މުޙައްމަދު ހިނގުން ހިމެނޭ ސަރަޙައްދުންވެސް ކަރަންޓު ކެނޑުމަކީ އެކަށީގެންދާ ކަމެއް ކަމަށް އެކުންފުނިންވަނީ ބުނެފައި އެވެ.

އެގޮތުން މާލެ ސިޓީ، ހުޅުމާލެ، ފޭސް 1، ނިރޮޅުމަގު ހިމެނޭ ސަރަޙައްދުންނާއި މާލެ ސިޓީ، ހެންވޭރު، ސޯސަން މަގު، ކާސިންޖީ މަގު އަދި ދޫހިމެރި މަގު ހިމެނޭ ސަރަޙައްދުން ކަރަންޓު ކެނޑޭނެ ކަމަށް އެކުންފުނިން ލަފާކޮށްފައިވަނީ ހެނދުނު 10:00 ން 11:00 އާއި ދެމެދު އެވެ.

އަދި މާލެ ސިޓީ، އަމީނީ މަގު، އަމީނީ މަގު ހަނިގޯޅި، ބޮޑުތަކުރުފާނު މަގު، ރަށްދެބައި ހިނގުން، ފަޅުމަތީ މަގު އަދި ތަބުރޭޒީ ހިނގުން ހިމެނޭ ސަރަޙައްދުން ކަރަންޓު ކެނޑޭނެ ކަމަށް ލަފާކޮށްފައިވަނީ މެންދުރުފަހު 14:00 ން 14:45އާއި ދެމެދު އެވެ. މާލެ ސިޓީ، ޝަޙީދު ކުޑައާދަމުގެ ކުޑަތުއްތު ހިނގުން، މެދުޒިޔާރަތް މަގު، ދަރުމަވަންތަ މަގު އަދި ޝަޙީދު ޙުސައިން މުޙައްމަދު ހިނގުން ހިމެނޭ ސަރަޙައްދުން ކަރަންޓު ކެނޑޭނެ ކަމަށް ލަފާކޮށްފައިވަނީ މެންދުރުފަހު 14:00 ން 16:00 އަށް ކަމަށް ސްޓެލްކޯއިން ބުނެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ