ނުހައްގުން ހުޅުމާލެއިން ބިމެއް ހޯދި ވާހަކަ ދޮގު ކޮށްފި

ނުހައްގުން ހުޅުމާލެއިން ބިމެއް ހޯދި ވާހަކަ ދޮގު ކޮށްފި

Author
ހުސައިން
12 ޖުލައި 2024 03:24
0

އަލް މަދީނާ އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑުން ހުޅުމާޅޭގައި ސްކޫލް އަޅާ ބިން ހޯދާފައިވަނީ ނުހައްގުން ކަމަށް ބުނެ ސޯޝަލް މީޑިއާގައި ފަތުރަމުންދާ ވާހަކަތައް އިސްލާމިކް މިނިސްޓަރ ޑރ. ޝަހީމު ދޮގު ކުރައްވައިފިއެވެ.

ޝަހީމް އެކްސްގައި ކުރެއްވި އެކްސް ޕޯސްޓެއްގައި ޝަހީމް ވިދާޅުވީ ސްކޫލް އަޅާ ބިމަކީ އޮންނަ އުސޫލުން ހުރިހާ އިޖްރާއާތުތައް ފުރިހަމަކޮށް ކުރީގެ ސަރުކާރުން އެވޯޑު ކުރި މަޝްރޫއެއް ކަމުގައެވެ.

އަދި އާ ސަރުކާރާއެކީ ސޮއިކުރި އެއްބަސްވުމުގައި ކުރީ ސަރުކާރާއެކު އެއްބަސްވުމަށް އެއްވެސް ބަދަލެއް ގެނެސްފައިނުވާ ކަމަށާއި ބިމަކީ ކުލި ދައްކާގޮތައް އޮތް ބިމެއް ކަމަށް ވެސް ޝަހީމް ވިދާޅުވިއެވެ.

ނުހައްގުން ބިމެއް ހޯދިކަމަށް ބުނެ އަޅުގަނޑާ ގުޅުވައިގެން ދޮގުވާހަކަތައް ނުފެތުރުމަށް އެދެން. ތެދު ހަގީގަތުގެ މައްޗަށް ވާހަކަ ދެއްކުމަށް އެދެން."

ޝަހީމް ވިދާޅުވެފައި ވެއެވެ.

ބިން ޝަހީމްއާއި ހަވާލު ކޮށްފައިވަނީ، ކުރިއަށް އޮތް ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި ސްކޫލުގެ މަސައްކަތް ނިންމައި ޕްރީ ސްކޫލުން ފެށިގެން ގްރޭޑު 10 އާއި ހަމައަށް ކިޔަވައިދޭން ފަށާ ގޮތަށެވެ. މީގެ އިތުރުން މަތީ ތައުލީމު ފޯރުކޮށްދޭން އިންތިޒާމުތައްވެސް ސްކޫލުގައި ހަމަޖައްސަން ވަނީ ނިންމައިފަ އެވެ.

ސޯޝަލް މީޑިއާގައި ބައެއް ފަރާތްތަކުން ބުނަމުންދަނީ ޝަހީމް އެސްކޫލް ބިން ހޯދުމަށް މިސަރުކާރާއެކީ އާ އެއްބަސްވުމެއް ވެފައިވާ ކަމަށެވެ. އަދި އެބިން ހޯދާފައިވަނީ ނުހައްގުން ކަމަށް ބުނެ ސޯޝަލް މީޑިއާގައި ބައެއް ފަރާތްތަކުން ދަނީ އަޑު ފަތުރަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.