މުލިއާ ގެއިން މެމްބަރުންނަށް ފައިސާ ދޭ ވާހަކަ ދޮގު ކޮށްފި

މުލިއާ ގެއިން މެމްބަރުންނަށް ފައިސާ ދޭ ވާހަކަ ދޮގު ކޮށްފި

ސަރުކާރު ހިންގާ ޕީއެންސީގެ މަޖިލިސް މެންބަރުންނަށް މަޖިލިސް އިދާރާ އިން ދޭ ރަސްމީ މުސާރައިގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ކޮންމެ މަހަކުވެސް އެ މެންބަރުންނަށް ފައިސާ ދެއްވާ ކަމަށް ބުނެ ދެކެވެމުން އަންނަ ވާހަކަތައް މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހް ދޮގު ކުރައްވައިފިއެވެ.

ފަލާހް އެކަން ދޮގު ކުރެއްވީ އެކަމާއި ގުޅިގެން ކުރީގެ ރައީސް ޔާމީން ދެއްކެވި ވާހަކަފުޅަކަށް ރައްދު ދެއްވައެވެ. ރޭ ޕީއެންއެފް އިން ބޭއްވި ޖަލްސާއެއްގައި ވާހަކަދައްކަވަމުން ޔާމީން ވަނީ އެކަން އެގޮތަށް ހިނގާކަން އެމަނިކުފާނަށް އެނގިވަޑައިގަންނަވާ ކަމަށެވެ.

"މުލީއާގެއިން އަދި ރައީސް އޮފީހުން މިކަން ދޮގުކުރިޔަސް އަޅުގަނޑަށް އެނގިފައި އޮތް ގޮތުން ތިކަން [މެންބަރުންނަށް މުލިއާގެއިން ފައިސާ ދެއްވާކަން] ތިގޮތަށް ހިނގާ," ޔާމީން ވިދާޅުވިއެވެ.

އަދި ވިދާޅުވީ އެއީ ހިނގާ ކަމަކަށްވާ ނަމަ އެ ހިންގަނީ ކޮރަޕްޝަންގެ އަމަލެއް ކަމަށެވެ.

ޔާމީނަށް ރައްދު ދެއްވާ ފަލާހް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރޭ ވަނީ ޔާމީނަށް ފައިސާ ނޫން ވާހަކައެއް ނުދެއްކެވެނީ ކީއްވެތޯ ސުވާލު ކުރައްވައިފައެވެ. އަމިއްލަފުޅު އެކައުންޓުގައި 200 މިލިއަން ރުފިޔާ ހުރުން އެއީ ކޮންކަހަލަ ކަމެއްތޯ ސުވާލު ކުރައްވަމުން ފަލާހް ވަނީ އެއީ ހަމަ "ސައްހަ" ފައިސާތޯ ވިދާޅުވެފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *