"ރޭސް 4″ ޑައިރެކްޓް ކުރާނީ ނިކިލް

"ރޭސް 4″ ޑައިރެކްޓް ކުރާނީ ނިކިލް

ބޮލީވުޑްގެ މަގުބޫލު "ރޭސް" ފްރެންޗައިޒްގެ ހަތަރު ވަނަ ބައި ނުވަތަ "ރޭސް 4″  ޑައިރެކްޓްކުރާނީ ނިކިލް އަދުވާނީ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ބޮލީވުޑްގެ މަގުބޫލު "ރޭސް" ފްރެންޗައިޒްގެ ހަތަރު ވަނަ ބައިގެ ކާސްޓްގައި ފުރަތަމަ ދެ ބައިގައި އެންމެ މުހިއްމު ރޯލެއް ކުޅުނު ސައިފް އަލީ ޚާން ހިމެނޭނެ ކަމަށާއި މީގެ އިތުރުން ވެސް ކުރީ ފިލްްމް ތަކުގެ ތަރިން ހިމެނޭ ކަމަށް ރިޕޯޓްތަށް އަންނަނީ ބުނަމުންނެވެ.

ނަމަވެސް މި ފިލްމް އަދި އިއުލާން ކޮށްފައި ނުވާ އިރުގައިމި ފިލްމް ގެ ކާސްޓާ ބެހޭގޮތުން ދައްކާ ވާހަކަ ތަކުގައި މާބޮޑޫ އޮއްޓެރެއް ނެތެވެ. ނަމަވެސް މި ސިލްސިލާގެ ފިލްމް ތަކަކީ ބެލުންތެރިންގެ ވަރަށް ތަރުހީބު ބޮޑު ފިލްމް ތަކެކެވެ.

މި ފަހުން ރިލީޒް ކުރި "އިޝްގް ވިޝްގް ރީބައުންޑް" ގެ ޕްރޮޑިއުސަރު ބޮލީވުޑް ހަންގާމާ އަށް ދިން އިންޓަވިއުއެއް ބުނީ "ރޭސް 4″ ވަރަށް އަވަހަށް އިއުލާން ކުރަން ތައްޔާރުވަމުން އަންނަ ކަމަށެވެ. އަދި އާ ބައިގެ ކާސްޓްގައި އާ ބަޔަކު ހިމެނޭނެ ކަމަށް ވެސް ތައުރާނީ ބުންޏެވެ.

2018ގައި ގެނެސްދިން "ރޭސް 3″ ގެ ލީޑް ކުޅުނު ސަލްމާން ޚާން ފިލްމުގައި ހިމެނެނޭތޯ ސުވާލު ކުރުމުން އޭނަ ބުނީ އެކަމާ ބެހޭ ގޮތުން ވަކި އެއްޗެއް ބުނަން ނޭނގޭ ކަމަށެވެ.

ރެމޯ ޑި ސޫޒާ ޑައިރެކްޓްކުރި "ރޭސް 3″ އަކީ ވަރަށް ގިނަ ބައެއްގެ ފާޑުކިޔުންތައް އަމާޒުވި އަދި ބޮކްސް އޮފީހުގައި ވެސް ވަރަށް ވަނދުކޮށް ދިޔަ ފިލްމެކެވެ. ސަބަބަކީ ކުރީގެ ދެ ބައިގައި ހުރި ކަހަލަ ޝައުގުވެރި އެތައް ކަމެއް ތިން ވަނަ ބައިގައި އުނިވެފައި ހުރުމެވެ.

"ރޭސް 3″ ގެ ކާސްޓްގައި އަނިލް، ބޮބީ ޑިއޯލް، ޖެކްލީން ފެނާންޑޭޒް، ޑެއިޒީ ޝާހް އަދި ސާގިބް ސަލީމް ހިމެނެ އެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *