ރާއްޖޭގެ އާބާދީއަކީ 515،132، 41 އިންސައްތަ ދިރި އުޅެމުންދަނީ މާލޭގަ

ރާއްޖޭގެ އާބާދީއަކީ 515،132، 41 އިންސައްތަ ދިރި އުޅެމުންދަނީ މާލޭގަ

ގުޅުންހުރި

ރާއްޖޭގެ އާބާދީއަކީ 515،132، 41 އިންސައްތަ ދިރި އުޅެމުންދަނީ މާލޭގައި ކަމުގައި ނޭޝަނަލް ސްޓެޓިސްޓިކް ބިއުރޯ އޮފް މޯލްޑިވްސް އިން ހާމަކޮށްފިއެވެ.

ރާއްޖޭގެ ތަފާސް ހިސާބުތައް ބަލަހައްޓާ ނޭޝަނަލް ސްޓެޓިސްޓިކް ބިއުރޯ އޮފް މޯލްޑިވްސްގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި، މާލޭގައި ދިރިއުޅެމުންދާ އާބާދީއަކީ 211،908 މީހުންނެވެ.

ރާއްޖޭގެ އަބާދީ ބެހިފައިވާ ގޮތަށް ބަލާއިރު، އަންހެނުންގެ އާބާދީއަކީ 203،138 މީހުންނެވެ. އެއީ އާބާދީގެ 39 އިންސައްތައެވެ. އަދި ފިރިހެނުންނަކީ 311،994 މީހުންނެވެ. އެއީ އާބާދީގެ 61 އިންސައްތަ މީހުންނެވެ.

ސްޓެޓިކްސް ބިއުރޯއިން ބުނީ ރާއްޖޭގެ އާބާދީ ދަނީ ދުވަސްވީ މީހުންގެ އާބާދީއަކަށް ބަދަލުވަމުންކަމަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ