ފްލޫ ކްލިނިކް ބަންދު، އެކަމަކު ރޯގާ ހުރިނަމަ މާސްކް އަޅަން ވާނެ

ފްލޫ ކްލިނިކް ބަންދު، އެކަމަކު ރޯގާ ހުރިނަމަ މާސްކް އަޅަން ވާނެ

ގުޅުންހުރި

ހައްޖުގެ އަޅުކަމަށް ފަހު ރާއްޖެ އަންނަ މީހުންނަށް ހާއްސަކޮށްގެން ހުޅުވި ފްލޫ ކްލިނިކް މިއަދަށް ފަހު ބަންދުކޮށްފިއެވެ.

ހައްޖުގެ އަޅުކަމުން އަންނަ މީހުންނަށް ހާއްސަކޮށް، އައިޖީއެމްއެޗުން ފްލޫ ކްލިނިކެއް ހުޅުވީ މިދިޔަ މަހު 26 ގައެވެ. އޭރު ހައްޖު ރޯގާ ހަލުވިކަމާއެކު ފެތުރޭތީ ކޮންމެހެން ބޭނުންވާ ހާލަތްތަކުގައި ނޫނީ ހޮސްޕިޓަލަށް ޒިޔާރަތް ނުކުރުމަށް ހޮސްޕިޓަލުން އެންގިއެވެ.

އައިޖީއެމްއެޗުން މިރޭ ބުނިގޮތުގައި ފްލޫ ކްލިނިކް ބަންދުކުރީ، ހިދުމަތް ހޯދަން ދާ މީހުންގެ އަދަދު މަދުވުމުންނެވެ. އެކަމަކު ހޮސްޕިޓަލަށް ދާ މީހުން، ރޯގާގެ އެއްވެސް އަލާމާތެއް ހުރި ނަމަ މާސްކް އެޅުމަށް އައިޖީއެމްއެޗުން އިލްތިމާސް ކުރިއެވެ.

ހައްޖުގެ އަޅުކަމުގެ ތެރޭގައި ގިނަ އަދަދެއްގެ ހައްޖާޖީންނަށް ހުމާއި ރޯގާގެ އެކި ވައްތަރުތައް ޖެހެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ