ހިލޭ ޑިގްރީ ސްކީމުގެ ދަށުން މިހާތަނަށް 20،337 ދަރިވަރުންނަށް ހަރަދު ކޮށްފި

ހިލޭ ޑިގްރީ ސްކީމުގެ ދަށުން މިހާތަނަށް 20،337 ދަރިވަރުންނަށް ހަރަދު ކޮށްފި

Author
ޙަސަން މުޙައްމަދު
09 ޖުލައި 2024 07:27
0

ހިލޭ ޑިގްރީ ސްކީމުގެ ދަށުން މިހާތަނަށް 20،337 ދަރިވަރުންނަށް ހަރަދު ކޮށްފައިވާކަމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

ހަޔާ އެޑިއުކޭސަން މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާގޮތުން ހިލޭ ޑިގްރީ ސްކީމަށް 2019 ވަނަ އަހަރުން ފެށިގެން މިދިޔަ ފެބްރުއަރީ މަހުގެ ނިޔަލަށް، މިދިޔަ ފަސް އަހަރު 695 މިލިއަން ރުފިޔާ ޚަރަދު ކޮށްފައިވެއެވެ.

މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާގޮތުން ހިލޭ ޑިގްރީއަށް އެންމެ ގިނަ ދަރިވަރުން ކިޔެވީ ވިލާ ކޮލެޖުންނެވެ. އެގޮތުން 4,522 ކުދިންނަށް ސަރުކާރުން 172،755،744.30 ރުފިޔާ ވިލާ ކޮލެޖަށް ދައްކާފައިވެ އެވެ. ދެވަނައަށް އެންމެ ގިނައިން ފައިސާ ދައްކާފައި ވަނީ ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ) އަށެވެ. އެމްއެންޔޫ އަށް 4,502 ކުއްޖަކަށް 138،809،761.24 ރުފިޔާ ހަރަދު ކޮށްފައިވެއެވެ.

ހިލޭ ޑިގްރީ ސްކީމުގެ ދަށުން ކިޔެވުމަށް ސަރުކާރުން ވަނީ ރާއްޖޭގެ ދެ ޔުނިވާސިޓީ އަށާއި ނުވަ ކޮލެޖަކަށް ފައިސާ ދޫކޮށްފަ އެވެ.

މިއަދު އޮތް ރައްޔިތުންގެ މަޖިލިސް ޖަލްސާގައި މަތީ ތައުލީމުގެ ގާނޫނަށް ގެނައި އިސްލާހަށް ބަހުސް ކުރައްވަމުން ބާރަށު ދާއިރާގެ ޕީއެންސީ މެންބަރު އިބްރާހީމް ޝުޖާއު ވިދާޅުވެފައިވަނީ އެމްޑީޕީގެ ވެރިކަމުގައި ހިލޭ ޑިގްރީ ޕްރޮގްރާމް ހިންގާފައި ވަނީ ބޮޑު ސްކޭމެއްގެ ގޮތުގައި ކަމަށެވެ. އޭގެ ސަބަބުން ކޮލެޖުތައް އިނދަޖެހި ބައެއް ކޮލެޖުތައް ތަޅު އަޅުވަން ޖެހުނު ކަމަށް އޭނާ ވިދާޅުވި އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.