އާލިއާ އާއި ޝާރުވަރީ ގެ ފިލްމް އަކީ "އަލްފާ"

އާލިއާ އާއި ޝާރުވަރީ ގެ ފިލްމް އަކީ "އަލްފާ"

Author
ފާތިމަތު ނާވީ
10 ޖުލައި 2024 11:02
0

އާލިއާ ބަޓް އާއި އަލަށް އަރަމުން އަންނަ ޒުވާން ބަތަލާ ޝަރުވާރީ ވާގް ފެނިގެންދާ ފިލްމް ގެ ނަމަކީ "އަލްފާ" ކަމަށް އެފިލްމް އުފައްދާ ޓީމުން ހާމަކޮށްފިއެވެ.

ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) އިން ހަދަން ނިންމާފައިވާ އެ ސްޓޫޑިއޯގެ މިފަދަ ފުރަތަމަ ފިލްމްގެ ޑައިރެކްޓަރަކީ މިދިޔަ އަހަރުގެ ފަަހުކޮޅު ވައިއާރްއެފުން ގެނެސްދިން ވެބް ސީރީޒް "ރެއިލްވޭ މެން" ގެނެސްދިން ޒުވާން ޑައިރެކްޓަރު ޝިވް ރަވައިލް އެވެ.

މި ފިލްމް އަކީ އަންހެން ތަރިންތަކެއް ލީޑުން ފެންނަ އަންހެނުން ބާރުދައްކުވައިދޭ ކަހަލަ ފިލްމްއެކެވެ. މިހާރު ވަނީ ފިލްމުގެ ޓައިޓްލް ލޯގޯ ދައްކާލައިފަ އެވެ. "އަލްފާ" ރަސްމީކޮށް އިއުލާންކުރި އިރު މި ފިލްމަށް ތައްޔާރުވުމުގެ ގޮތުން އާލިއާ އާއި ޝަރުވާނީ ޓްރެއިނިންތަކެއް ވެސް ހަދާތާ ދުވަސްތަކެއްވެއްޖެ އެވެ.

 

View this post on Instagram

 

A post shared by Alia Bhatt 💛 (@aliaabhatt)

"ބަންޓީ އޯރް ބަބްލީ 2″ އިން ބޮލީވުޑަށް ތައާރަފުވި 27 އަހަރުގެ ބަތަލާބުނީ އާލިއާއާ އެކީ ފިލްމެއްގެ މަސައްކަތް ކުރަން ލިބުމަކީ ވަރަށް ވެސް ހާއްސަ ކަމެއް ކަމަށެވެ. އެހެންވެ އޭގެ މަސައްކަތް ފަށަން މިހާރު ކެތްމަދުވެފައި ހުރި ކަމަށް ޝަރުވާރީ ބުންޏެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.