އެމްޑީޕީގެ މާލޭ ދާއިރާގެ ރައީސްގެ ބައި އިލެކްޝަންގައި ވާދަކުރުމަށް މޫސަގެ ޝަރުތު ހަމައެއް ނުވި

އެމްޑީޕީގެ މާލޭ ދާއިރާގެ ރައީސްގެ ބައި އިލެކްޝަންގައި ވާދަކުރުމަށް މޫސަގެ ޝަރުތު ހަމައެއް ނުވި

Author
ޙަސަން މުޙައްމަދު
08 ޖުލައި 2024 08:13
0

އެމްޑީޕީގެ ގައުމީ މަޖިލިސްގެ މާލޭ ދާއިރާގެ ބައި-އިލެކްޝަނުގައި ވާދަކުރުމަށް އެ ޕާޓީގެ ކުރީގެ ޗެއަރޕާސަން މޫސާ މަނިކު (ރީކޯ މޫސާ) ޝަރުތު ހަމަނުވާކަމަށް އެޕާޓީން އޭނާއަށް އަންގައިފިއެވެ.

މޫސަ ހުށަހެޅުއްވި ހުށަހެޅުން ބަލައިނުގަތުމަށް އެމްޑީޕީން ނިންމާފައިވަނީ އެ ޕާޓީގެ ފިޔަވަޅު އަޅާ ކޮމިޓީއަށް ހުށަހެޅުނު މައްސަލަ ބެލުމަށްފަހު އެ ޕާޓީން މޫސާ މަނިކު ވަކިކުރަން ނިންމާފައިވާ ނިންމުމުގައި، މޫސަ އަލުން އެޕާޓީއަށް ވަދެވަޑައިގަތަސް އެ ދުވަހުން ފެށިގެން 5 އަހަރު ދުވަހަށް ޕާޓީގެ އެއްވެސް މަޤާމަކަށް އަދި އެއްވެސް ޕްރައިމަރީއެއްގައި ވާދަ ނުކުރެވޭ ގޮތަށް، ކުރިން އެޕާޓީން ނިންމާފައިވާ ނިންމުމަކާ ގުޅިގެންކަމަށް އެމްޑީޕީން ވަނީ މޫސައަށް އަންގާފައެވެ.

އެމްޑީޕީން މޫސައަށް އަންގާފައިވަނީ މި ނިންމުމަށް ބަދަލެއް ގެންނަން ނުފެންނަ ކަމަށް އެމްޑީޕީގެ އިސްތިއުނާފު ފަނޑިޔާރު މަޖިލީހުން ނިންމާފައިވާ ކަމަށެވެ.

މި ނިންމުމާ ގުޅިގެން މޫސާ މަނިކު ވަނީ އެކްސްގައި ޕޯސްޓެއް ކުރައްވާ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.