ފަވާދް އެނބުރި އަންނަ ފިލްމް ގެ ބަތަލާ އަކީ ވާނީ

ފަވާދް އެނބުރި އަންނަ ފިލްމް ގެ ބަތަލާ އަކީ ވާނީ

Author
ފާތިމަތު ނާވީ
08 ޖުލައި 2024 12:28
0

ޕާކިސްތާންގެ މަޝްހޫރު ފިލްމީ ތަރި، ފަވާދު ޚާން އެންބުރި ބޮލީވުޑް އަށް އަންނަ ފިލްމްގެ ބަތަލާ އަކީ ވާނީ ކަޕޫރު ކަމަށް ރިޕޯޓްތަށް ބުނެފިއެވެ.

އެ ފިލްމުގެ ޝޫޓިން ވަރަށް އަވަހަށް ލަންޑަނުގައި ފަށާނެ ކަމަށް ނޫސްތަކުން ރިޕޯޓްކޮށްފައިވެ އެވެ. މުނިފޫހި ފިލުވުމުގެ ހަބަރުތަށް ގެނެސްދޭ ނޫސްތަކުން ބުނީ ވަރަށް އަވަހަށް އެ ފިލްމުގެ ޝޫޓިން އިނގިރޭސިވިލާތުގައި ފަށަން ހަމަޖެހިފައިވާ ކަމަށެވެ. ނަމަވެސް ފިލްމުގެ ނަމާއި އެ އުފައްދާ ޕްރޮޑަކްޝަން ހައުސް އާއި ޑައިރެކްޓަރަކީ ކޮބައި ކަމެއް ހާމައެއް ނުކުުރެ އެވެ.

ފަވާދު ވަނީ ކުރިން ވެސް ބޮލީވުޑްގެ ތިން ފިލްމެއް ކުޅެފަ އެވެ. ފަވާދު ކުޅުނު ބޮލީވުޑްގެ ފިލްމުތަކަކީ "ކޫބްސޫރަތު" އާއި "އޭ ދިލްހެ މުޝްކިލް" އަދި "ކަޕޫރް އެން ސަންސް" އެވެ.

ފަވާދު ކަހަލަ ޕާކިސްތާންގެ ތަރިންނަށް އިންޑިއާގެ ފިލްމުތަކުގައި މަސައްކަތް ކުރުމުގެ ފުރުސަތު މެދުކެނޑުނީ 2016 ގައި ޕާކިސްތާނަށް ނިސްބަތްވާ ހަތިޔާރު އެޅި ބަޔަކު ޕަތާންކޯޓްގައި އިންޑިއާ ސިފައިންނަށް ހަމަލާދީ 19 ސިފައިންގެ މީހަކު މަރައިލި މައްސަލައިގައި އުފެދުނު ކޯޅުންގަނޑާ ގުޅިގެންނެވެ. ނަމަވެސް ފާއިތުވި އަހަރުތަކުގައި ދެ ގައުމުގެ މެދުގައި އޮތް ނުތަނަވަސްކަމަށް ފިނިކަން އައިސްފައިވެ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.