އަޖޭ އާއި އެކުގައި މުރުނާލް

އަޖޭ އާއި އެކުގައި މުރުނާލް

Author
ފާތިމަތު ނާވީ
09 ޖުލައި 2024 10:40
0

ބޮލީވުޑްގެ މަޝްހޫރު އެކްޓަރު އަޖޭ ދޭވްގަން ގެ ފިލްްމ އަކުން އަރަމުން އަންނަ ޒުވާން ބަތަލާ މުރުނާލް ޓާކުރް އަށް ފުރުސަތު ލިބިފައިވާ ކަމަށް މީޑިއާ ރިޕޯޓްތަށް ބުނަން ފަށައިފިއެވެ.

ނަމަވެސް މި ފިލްމް އާއި ގުޅޭ ގޮތުން މިހާތަނަށް އެއްވެސް ރަސްމީ ފަރާތަކުން އަދި އެއްވެސް އެއްޗެއް ހާމަކޮށްފައިއެއް ނުވެއެވެ. އެހެންވެ މި ފިލްްމް އާއި ބެހޭގޮތުން މިހާތަނަށް އަދި މާބޮޑު މައުލޫމާތެއް ނުލިބެއެވެ.

 

View this post on Instagram

 

A post shared by Mrunal Thakur (@mrunalthakur)

މީޑިއާތަކުން ބުނީ މި ފިލްމުގެ ޝޫޓިން މި އަަހަރުގެ ތެރޭގައި ފެށުމުގެ ތައްޔާރީތައް ވަމުން އަންނަ ކަމަށެވެ. އަދި ބަތަލާ އަކީ މުރްނާލް ކަމަށް މީޑިއާތަކުން ބުންޏެވެ. ނަމަވެސް އެކަން އަދި ފިލްމުގެ ޓީމުން ކަށަވަރުކޮށް ދީފައެއް ނުވެ އެވެ.

އިންޑިއާގެ އެންމެ މަޝްހޫރު ފިލްމީ ތަރިންނާ އެކީ މަސައްކަތް ކުރުމުގެ ފުރުސަތު ފުލުފުލުގައި މިހާރު ލިބެމުން އަންނަ 31 އަހަރު ބަތަލާ އަކީ މިހާރު ބޮލީވުޑްގައި ވަރަށް ޑިމާންޑް ބޮޑު ބަތަލާއެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.