މާލޭ ގެއެއްގައި ހިނގި އަލިފާނުގެ ހާދިސާ: ދެ މީހަކު ހޮސްޕިޓަލުން ދޫކޮށްލާ، ދެމީހަކަށް އަދިވެސް ދަނީ ފަރުވާ ދެމުން

މާލޭ ގެއެއްގައި ހިނގި އަލިފާނުގެ ހާދިސާ: ދެ މީހަކު ހޮސްޕިޓަލުން ދޫކޮށްލާ، ދެމީހަކަށް އަދިވެސް ދަނީ ފަރުވާ ދެމުން

ގުޅުންހުރި

މާލޭގެ ގެއެއްގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން ދުމުގެ އަސަރުކޮށްގެން ހޮސްޕިޓަލުގައި އެޑްމިޓްކުރި މީހުންގެ ހާލު ރަނގަޅުވަމުން އަންނަ ކަމަށް އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) އިން ބުނެފި އެވެ.

މާފަންނު ފްލޫނިޔާ މަގުގައި ހުންނަ އިމާރާތެއްގެ ތިން ވަނަ ފަންގިފިލާގެ އެޕާޓްމަންޓުގައި އަލިފާން ރޯވެފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުގެ މެންދުރުގެ ވަގުތެއްގައެވެ. އަދި ދުމުގެ އަސަރުކޮށްގެން ހަތަރު މީހަކު ވަނީ ހޮސްޕިޓަލަށް ގެންގޮސްފައެވެ. އައިޖީއެމްއެޗުގެ ބުނެފައިވަނީ އޭގެ ތެރެއިން ދެ މީހަކަށް ފަރުވާ ދިނުމަށް ފަހު ދޫކޮށްލާފައިވާ ކަމަށާއި އަނެއް ދެ މީހުންނަށް ފަރުވާ ދެމުން ދަނީ ވޯޑުގައި ކަމަށެވެ.

ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނީ އަލިފާނުގެ ހާދިސާގައި ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށާއި ސިޓިންރޫމާއި ބަދިގެ ސަރަހައްދު މުޅިން އަނދާފައިވާ ކަމަށެވެ.

އެ އެޖެންސީން ބުނީ އެ އެޕާޓްމަންޓުގައި ދިރިއުޅޭ ހަތަރު މީހުންނަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފައިވާ ކަމަށެވެ. އަލިފާނުގެ ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް އެމްއެންޑީއެފުން އަދި ހާމައެއް ނުކުރެ އެވެ. ނަމަވެސް ގޭގޭގައި އަލިފާން ރޯވާން މެދުވެރިވާ އެންމެ އާންމު ސަބަބުތަކުގެ ތެރޭގައި ކަރަންޓް ޝޯޓް ސާކިޓްތަކާއި ގޭސް ލީކުވުން ހިމެނެ އެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ