އިސްލާހީ ބަދަލުތަކަށް ތާއީދު ކުރައްވާ މަސްއޫދު ޕެޒެޝްކިއަން އިރާންގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކޮށްފި

އިސްލާހީ ބަދަލުތަކަށް ތާއީދު ކުރައްވާ މަސްއޫދު ޕެޒެޝްކިއަން އިރާންގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކޮށްފި

އިރާންގެ ރިޔާސީ އިންތިހާބު ރިފޯމިސްޓެއް އަދި ތަމްރީނު ލިބިފައިވާ ހިތުގެ ބަލީގެ ޑޮކްޓަރެއް ކަމަށްވާ މަސްއޫދު ޕެޒޭޝިއަން ކާމިޔާބު ކުރައްވައިފި އެވެ.

މި އިންތިހާބަކީ ރައީސްގެ މަގާމުގައި ކުރިން ހުންނެވި އިބްރާހީމް ރައީސީ ހެލިކޮޕްޓަރު އެކްސިޑެންޓެއްގައި އަވަހާރަވުމާ ގުޅިގެން ބާއްވާ އަވަސް އިންތިހާބެކެވެ.

ޖުމްލަ ހަ ކެންޑުޑޭޓުންނާ އެކީ އިރާންގެ އިންތިހާބުގެ ފުރަތަމަ ބުރު ބޭއްވީ މިދިޔަ މަހުގެ 28 ގަ އެވެ. ދެވަނަ ބުރަކަށް ދާން ޖެހުނީ އިންތިހާބު ކާމިޔާބު ކުރެއްވޭ ވަރަށް އެއްވެސް ކެންޑިޑޭޓަށް ވޯޓް ހޯއްދެވިފައި ނުވާތީ އެވެ.

ގާނޫނު ހަދާ މަޖިލީހުގައި ތަބްރީޒް ތަމްސީލުކުރައްވާ މަސްއޫދު އިންތިހާބު ކާމިޔާބު ކުރެއްވީ ދެވަނަ ބުރުގައި ދެވަނަ ބުރުގައި ސައީދު ޖަލީލީ ބަލިކުރެއްވުމަށް ފަހު އެވެ. ތިރީސް މިލިއަނަށް ވުރެ ގިނަ މީހުން ވޯޓްލި އިންތިހާބު މަސްއޫދު ކާމިޔާބުކުރެއްވީ ވޯޓްލީ މީހުންގެ 53.3 ޕަސެންޓް ވޯޓުންނެވެ. އީރާންގެ ނިއުކްލިއާ މަޝްވަރާތަކުގެ ހަރަކާތްތެރިޔާ ޖަލީލީ އަށް ލިބިވަޑައިގަތީ 44.3 ޕަސެންޓް ވޯޓެވެ.

އިންތިހާބުގެ ފުރަތަމަ ބުރުގައި ވޯޓުލާން ނިކުތް މީހުންގެ އަދަދު މަދު ނަމަވެސް ދެވަނަ ބުރުގެ އިންތިހާބުގައި 49.8 އިންސައްތަ މީހުން ވޯޓުލާފައިވެ އެވެ.

މަސްއޫދު ޕެޒެޝްކިއަން ފާހަގަވެފައިވަނީ އިސްލާހީ ބަދަލުތަކަށް ތާއީދު ކުރައްވާ ރީފޯމިސްޓެއްގެ ގޮތުގައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *