މާލެ ސިޓީގެ ވެހިކަލް ޕޮޕިއުލޭޝަންގެ އަދަދާއި މުއްދަތު ކަނޑައެޅުމަށްޓަކާ ސާވޭ ހަދާނެ ބަޔަކު ހޯދަނީ

މާލެ ސިޓީގެ ވެހިކަލް ޕޮޕިއުލޭޝަންގެ އަދަދާއި މުއްދަތު ކަނޑައެޅުމަށްޓަކާ ސާވޭ ހަދާނެ ބަޔަކު ހޯދަނީ

ގުޅުންހުރި

މާލެ ސިޓީގައި އެއްގަމު އުޅަނދު ރަޖިސްޓަރީ ކޮށްދޭނެ އަދަދާއި، އުޅަނދު ބޭނުންކުރެވޭނެ މުއްދަތު ކަނޑައެޅުމަށްޓަކައި ސަރވޭ ކުރުމާއި މިކަމާގުޅޭ ސްޓަޑީއެއް ހެދުމަށްޓަކާ އެސެސްމަންޓް ހަދާދޭނެ ފަރާތެއް ހޯދުމަށް އިއުލާން ކޮށްފިއެވެ.

ސިޓީ ކައުންސިލިން ކުރި އިއުލާނެގައި ބުނެފައިވަނީ، މި ސާރވޭގެ މަސައްކަތްތަކަށް ޝައުގުވެރިވަޑައިގަންނަވާ ފަރާތްތަކުން 18 ޖުލައި 2024 ވާ ބުރާސްފަތި ދުވަހުގެ  13:00 އަށް ހ.ހުޅުގަލި 1ވަނަ ފަންގިފިލާ، ކަރަންކާމަގު، މާލެ ސިޓީ ކައުންސިލްގެ އިދާރާގެ އެޑްމިން ސެކްޝަންގެ މީޓިންގ ރޫމްއަށް ވަޑައިގެން އަގު ހުށަހެޅުއްވުމަށެވެ.

ސިޓީ ކައުންސިލުން ބުނެފައިވަނީ، މި އިޢުލާނާ ގުޅޭގޮތުން އިތުރު މައުލޫމާތު ސާފުކުރައްވަން ބޭނުންވާނަމަ 16ޖުލައި 2024 ވާ އަންގާރަ ދުވަހުގެ މެންދުރު 12:00ގެ ކުރިން [email protected] އަށް މެއިލް ކުރުމަށެވެ.

މާލޭ މޭޔަރު އާޒިމް ދާދިފަހުން ވިދާޅުވެފައިވަނީ މާލޭގެ ޓްރެފިކް މައްސަލައަކީ ބޮޑު މައްސަލައެއް ކަމަށާއި އެކަން ހައްލު ކުރުމުގެ މަސައްކަތް ސިޓީ ކައުންސިލުން ކުރާނެކަމަށެވެ. އެ މަސައްކަތުގެ ދަށުން މާލޭގެ ވެހިކަލް ޕޮޕިއުލޭޝަންގެ އަދަދު ކަނޑައެޅުން ހިމެނެއެވެ.

ކުރީގެ އަހަރުތަކުގެ ތަފާތު ހިސާބަށް ބަލާއިރު ރާއްޖޭގައި އެވްރެޖްކޮށް ދުވާލަކު 44 ސައިކަލު ރަޖިސްޓްރީ ކުރެ އެވެ. މީގެ ތެރެއިން ވެސް 60 ޕަސެންޓަކީ މާލޭގައި ދުއްވަން ރަޖިސްޓްރީ ކުރާ އުޅަނދުތަކެވެ.

ހަތަރު ކިލޯ މީޓަރު ހަމަނުވާ މާލެ އުޅަނދުތަކުން ތޮއްޖެހިފައިވާއިރު، ރާއްޖެ އެތެރެކުރާ ވެހިކަލް ކޮންޓްރޯލް ކުރަން ނިންމާފައިވާ ކަމުގެ އިޝާރާތެއް، ނިމުނު ސަރުކާރުން ވެސް ދިނެވެ. ނަމަވެސް ވެރިކަން ނިމުނީ އެވާހަކަ އެއްގައި ބަހުސްކުރުމުގައި ތިއްބަ އެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ