ޖައިދީޕް 5 މަހުން 26 ކިލޯ ލުއިކޮށްލި

ޖައިދީޕް 5 މަހުން 26 ކިލޯ ލުއިކޮށްލި

Author
ފާތިމަތު ނާވީ
05 ޖުލައި 2024 02:32
0

މިހާރު ނެޓްފްލިކްސް އަށް ދޫކޮށްލައިފައިވާ އާމިރު ހާންގެ ފިރިހެން ދަރިފުޅު ޖުނައިދު ހާން ގެ އަލަތު ފިލްމް "މަހަރާޖު"ގެ ރޯލެއް ކުޅެން އެކްޓަރު ޖައިިދީޕް އަހުލަވަތު ފަސް މަހުން 26 ކިލޯ ލުއިކޮށްލި ކަމަށް ބުނެފި އެވެ.

މީޑީއާގައި ވާހަކަ ދައްކަމުން ޖައިދީޕް ބުނީ އޭނާގެ ހަށިގަނޑަށް މިގެނައި ބޮޑު ބަދަލީ ވަރަށް އުދަގޫ އަދި ވަރަށް ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހުނު އުނދަގޫ ދުވަސްތަކެއް ކަމަށެވެ. އޭނާ ގެ މި ބަދަލު ފެންނަ ފޮޓޯ ތަށް އަންނަނީ ވައިރަލް ވަމުންނެވެ.

އޭނާ އިންސްޓަގްރާމް ކުރި ޕޯސްޓުގައި ލިޔެފައިވާ ގޮތުގައި، އޭނާ ކަސްރަތު ކުރަން ފެށިއިރު ހުރީ 109.7 ކިލޯ އެވެ. އަދި ފަސް މަސްދުވަހުން 83 ކިލޯ އަށް ލުއިވި އެވެ. އެއީ 26 ކިލޯގެ ތަފާތެކެވެ.

 

View this post on Instagram

 

A post shared by Jaideep Ahlawat (@jaideepahlawat)

މިދިއަ މަހު މި ފިލްމް ނެޓްފްލިކްސް އަށް ދޫކޮށްލުމާއި އެކުގައި ގިނަބައެއްގެ ތައުރީފް އަންނަނީ ފިލްމްއަށް ލިބެމުންނެވެ. އަދި ހާއްސަކޮން ފިލްމްގެ ތަރިންގެ އެކްޓިންގް އަށް ގިނަ ބަޔަކު ވަނީ ތައުރީފް ކޮށްފައިއެވެ. ހާއްސަކޮން އާމިރު ހާންގެ ދަރިފުޅު ޖުނައިދު ހާން ގެ އެކްޓިން ވަރަށް މޮޅު ކަމަށާއި ސްޓާ ކިޑް އެއްގެ މިފަދަ ހުނަރު މީ ވަރަށް މަދުން ނޫނީ ނުފެންނަ ކަމެއް ކަމަށް ވަނީ ބުނެފައިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.