އައިޖީއެމްއެޗުގެ މެޑިކަލް ޑިރެކްޓަރަކަށް ޑރ. ޒޭބާ ހަމަޖައްސައިފި

އައިޖީއެމްއެޗުގެ މެޑިކަލް ޑިރެކްޓަރަކަށް ޑރ. ޒޭބާ ހަމަޖައްސައިފި

Author
އަހުމަދު
03 ޖުލައި 2024 05:25
0

ސަރުކާރުގެ މައި ހޮސްޕިޓަލް، އައިޖީއެމްއެޗްގެ މެޑިކަލް ޑިރެކްޓަރަކަށް އިމަޖެންސީ މެޑިސިންގެ ހާއްސަ ޑޮކްޓަރު އާމިނަތު ޒޭބާ އަހުމަދު މިއަދު ހަމަޖައްސައިފިއެވެ.

އައިޖީއެމްއެޗުން ބުނީ އިމަޖެންސީ ރޫމްގެ އެންމެ އިސްވެރިޔާގެ މަގާމު ގިނަ ދުވަސްތަކެއް ވަންދެން ފުރުއްވި ޒޭބާ، މެޑިކަލް ޑިރެކްޓަރަކަށް ހަމަޖެއްސީ ތިން އަހަރުގެ މުއްދަތަށް ކަމަށެވެ. އައިޖީއެމްއެޗްގެ މެޑިކަލް ޑިރެކްޓަރަކަށް އެންމެ ފަހުން ހުންނެވީ  ރޭޑިއޮލޮޖިސްޓް ޑރ. އާމިނަތު ނަޒީރެވެ.

މިއަދުން ފެށިގެން އައިޖީއެމްއެޗްގެ މެޑިކަލް ޑިރެކްޓަރުގެ ގޮތުގައި ޒޭބާ މަސައްކަތް ކުރާނެ ކަމަށް އައިޖީއެމްއެޗުން ބުންޏެވެ.

މެޑިކަލް ޑިރެކްޓަރެއްގެ މައިގަނޑު މަސްއޫލިއްޔަތުތަކުގެ ތެރޭގައި ކްލިނިކަލް އޮޕަރޭޝަންތައް ބެލެހެއްޓުމާއި ފަރުވާގެ އެންމެ މަތީ މިންގަނޑުތައް ކަށަވަރުކޮށް، ބަލި މީހުންނާއި މުވައްޒަފުންނަށް އުފާވެރި މާހައުލެއް ގާއިމުކޮށް ދިނުން ހިމެނެއެވެ.

މެޑިކަލް ޑިރެކްޓަރުގެ އަސާސީ މުސާރައަކީ 41،344ރ. އެވެ. އެކަމަކު، މަގާމުގެ އެލަވަންސަށް ކަނޑައަަޅާފައިވާ 30،782ރ. އާ އެކު މަހަކު 72،125ރ. ލިބިވަޑައިގަންނަވާނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.