މީގެ ކުރިން އެކުގައި މަސައްކަތް ކޮށްފައިވާ އަދި ގާތް ގުޅުމެއް ވެސް އޮންނަ އެކުވެރިޔާ ރިތިކް ރޯޝަން އާއި އެކުގައި އަލުން ފިލްމް އެއް ހަދާނެ ކަމަށް އެކްޓަރު/ ޑައިރެކްޓަރު ފަރްހާން އަހުތަރު ބުނެފިއެވެ.
މި ފަހުން ފަރްހާން ބުނެފައިވަނީ ރިތިކަކީ ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް ދިމާވާ މީހެއް ކަމަށާއި ދެ މީހުން ދިމާވެއްޖެ ނަމަ އަބަދު ވެސް ފިލްމަކާ ބެހޭ ގޮތުން ވާހަކަ ދެކެވޭ ކަމަށެވެ.
ރިތިކް ހިމަނައިގެން ފަރުހާން ހެދި ފިލްމަކީ 2004 ގެ ހަނގުރާމަ ފިލްމު "ލަކްޝް" އެވެ. "ލަކްޝް" ގެ އިތުރުން ޝާހްރުކް ޚާނާ އެކީ ފަރުހާން ގެނެސްދިން 2011 ގެ "ޑޮން 2″ ގެ ހާއްސަ ފެނިލުމެއްގައި ރިތިކް ހިމެނެ އެވެ. އަދި ހަމަ އެއަހަރު ފަރުހާންގެ ދައްތަ ޒޯޔާ އަހްތަރު ޑައިރެކްޓް ކުރި ކާމިޔާބު ފިލްމް "ޒިންދަގީ ނާމިލޭގީ ދޮބާރާ" ގައި ވެސް ވަނީ ފަރްހާން އާއި ރިތިކް އެކުގައި ފެނިގެން ގޮސްފައިއެވެ.
ފަރުހާން މިހާރު ވެސް އޮތީ ދެ ފިލްމެއް އިއުލާންކޮށްފަ އެވެ. އެއީ އަންނަ އަހަރު ޝޫޓިން ފަށަން ހަމަޖެހިފައިވާ ރަންވީރު ސިންގްގެ "ޑޮން 3″ އާއި "ވާނުވާގައި" އޮތް "ޖީ ލޭ ޒަރާ" އެވެ.