ޖުޑިޝަރީ ކޮމިޓީ ވެސް ސިއްރުކޮށްފި

ޖުޑިޝަރީ ކޮމިޓީ ވެސް ސިއްރުކޮށްފި

ގުޅުންހުރި

ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީ އިން ބޭއްވި ބައްދަލުވުން މިއަދު ސިއްރުކޮށްފިއެވެ.

ޖުޑިޝަރީ ކޮމިޓީން ތަހުގީގު ކުރަމުން އަންނަނީ ޓެކްސް އެޕީލް ޓްރައިބިއުނަލާ ގުޅޭ ގޮތުން މީހަކު ހުށަހަޅާފައިވާ ސިޓީއަކާ ގުޅުން ހުރި މައްސަލައެކެވެ. މިއަދުގެ ބައްދަލުވުމުގައި އޮތީ އެ މައްސަލަ އެ ކޮމިޓީއަށް ހުށަހެޅި މީހާއާ ބައްދަލު ކުރުމެވެ.

ކޮމިޓީ ފެށުމާ އެކު، ހޮޅުދޫ ދާއިރާގެ ޕީއެންސީގެ މެންބަރު އަބްދުއްސައްތާރު މުހައްމަދު ވަނީ ބައްދަލުވުން ސިއްރު ކޮށްގެން ކުރިއަށް ގެންދަން ހުށަހަޅުއްވައިފައެވެ. އެއާ އެކީގައި ކޮމިޓީ ބައްދަލުވުން ފާސްވީ ކޮމިޓީ މެމްބަރުންގެ ވޯޓުންނެވެ.

ރައްޔިތުންގެ މަޖިލީހުގައި މިއަދު އޮތް ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ) ގެ ބައްދަލުވުން ވެސް ވަނީ ސިއްރުކޮށްފައެވެ. އެ ބައްދަލުވުމަށް ވަޑައިގެންފައިވަނީ ހޯމް މިނިސްޓަރު އަލީ އިހުސާނާއި ފުލުހުންގެ އިސްވެރިންނެވެ.

 

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ