ސީނާ ޒާހިރުގެ މަންމާފުޅު އަވަހާރަވެއްޖެ

ސީނާ ޒާހިރުގެ މަންމާފުޅު އަވަހާރަވެއްޖެ

ގުޅުންހުރި

ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް އަދި ރައީސް މައުމޫނުގެ ވެރިކަމުގައި ވަޒީރުކަން ކުރެއްވި ސީނާ އަހުމަދު ޒާހިރުގެ މަންމާފުޅު އައިޝަތު ލަތީފާ (ދޮންދީދީ) އަވަހާރަ ވެއްޖެ އެވެ.

އައިޝަތު ލަތީފާ އަވަހަރާވީ އުމުރުފުޅުން 89 އަހަރުގައި ގާތްގަނޑަކަށް 9:30 އެހާކަންހާއިރު އެވެ. އެކަމަނާގެ ޖަނާޒާ ބާއްވާފައި ވަނީ ރޭ މެންދަމު ބާއްވާފަ އެވެ.

އައިޝަތު ލަތީފާއަކީ ކުރީގެ ގާޒީ، އަދި ކުރީގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު، އައްޝައިހް އަބްދުﷲ ޒުހުރީގެ ހުވަފަތް އަނބިކަނބަލުންނެވެ. އަދި އަދި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް ސީނާ އަހުމަދު ޒާހިރުގެ މަންމާފުޅުގެ އިތުރުން ސުޕްރީމު ކޯޓުގެ ފަނޑިޔާރު ޑރ. އަޒުމިރަލްދާ ޒާހިރުގެ މާމާފުޅެވެސް މެއެވެ.

އައިޝަތު ލަތީފާއަކީ އައްސުލްތޯން މުޙައްމަދު ޣިޔާސުއްދީން، ޙާޖީ ބަންޑާރައިން / ޝަހީދުކުޅަ ބަންޑާރައިންގެ ފަސް ވަނަ ކާފަ ދަރިކަނބަލުންނެވެ. އަދި އެކަމަނާއަކީީ މިހާތަނަށް ދިޔަމިގިލީ ރަސްދަރިކޮޅުން ދުނިޔޭގައި އިންނެވި އެންމެ ދުވަސްވީ ބޭފުޅާ އެވެ. މީގެ އިތުރުން އެކަމަނާއަކީ ވަރަށް މަޝްހޫރު ދިވެހި ބޭސްވެރިއެއްވެސް މެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ