އެމްޑީޕީއަށް 19 އަހަރު: ޝާހިދު ވިދާޅުވަނީ އާ ބާރެއްގައި އެނބުރި އާދެވޭނެ ކަމަށް!

އެމްޑީޕީއަށް 19 އަހަރު: ޝާހިދު ވިދާޅުވަނީ އާ ބާރެއްގައި އެނބުރި އާދެވޭނެ ކަމަށް!

އާ ބާރެއްގައި އެނބުރި އާދެވޭނެ ކަމަށް އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.

‏އެމްޑީޕީއަށް 19 އަހަރު ފުރުމުގެ މުނާސަބަތާ ގުޅިގެން ޝާހިދު ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ޝާހިދު އެމްޑީޕީއަށް އޮނަވިއްސަށް މަރުޙަބާ ވިދާޅުވާކަމަށާއި "‏‏މާތް اللهގެ ވާގިފުޅާއި އެކު އިރާދަކުރެއްވިއްޔާ އާ ބާރެއްގައި އެނބުރި އާދެވޭނެ" ކަމަށެވެ.

‏އަޅުގަނޑުމެންގެ ޕާޓީއަށް މިއަދު އޮނަވިހި ވީއެވެ. ޒުވާންކަމުގެ ޖޯޝާއި އެކު ހަރުދަނާ ޒިންމާދާރު ހިތްވަރުގެ ޖޯޝަށް މިސްރާބު ސީދާ ކުރަންވީ ވަގުތު ޖެހުނީއެވެ. މިއީ ކޮންމެ ގޮތެއް ވަރިހަމަ ނުވެވޭނެކަމުގެ އުމުރެވެ. ވާނެ އެއްޗެއްވާން ދޫކޮށްނުލެވޭނެކަމުގެ ފިޔަވަޅެވެ.

އެމްޑީޕީއަށް 19 އަހަރު ފުރުމުގެ މުނާސަބަތުގައި ޝާހިދު ލިޔުއްވި މެސެޖުގައި ވިދާޅުވެފައި ވެއެވެ.‏

ޝާހިދު ވިދާޅުވީ ‏އެމް.ޑީ.ޕީ އަކީ ދިވެހި ރައްޔިތުންގެ އުންމީދު ކަމަށާއި، ފާރަވެރި ވާދަވެރި ސިޔާސީ ނިޒާމެއްގެ އަލި ދަންމަރު ކަމުގައެވެ. އަދި އެމްޑީޕީއަކީ ދިވެހިރާއްޖޭގެ އިޖުތިމާޢީ، އިޤްތިޞާދީ އަދި ސިޔާސީ ވެށީގެ ރައްކާތެރި މީޒާންގެ ގޮތުގައިވެސް ޝާހިދު ސިފަ ކުރައްވާފައި ވެއެވެ.
‏ޝާހިދުގެ މެސެޖުގައި އިތުރަށް ވިދާޅުވެފައިވަނީ، ޢާންމު ރައްޔިތުންގެ ހަމައިގައި ހަމަ ހަމަ ފުރުޞަތު އޮންނަ ނޫ އިޤްތިޞާދަކާއި، ޖީލުތައް ރައްކާތެރިވާނެ ތިމާވެށި ޙިމާޔަތް ދިރިއުޅުމެއް ދިވެހިންނަށް ހޯދައިދިނުމީ އުފާވެރި ދިވެހިރާއްޖެއެއްގެ އަސާސް ކަމުގައެވެ. އަދި މާތްވެގެންވާ އިސްލާމްދީނުގެ ތަރުބިއްޔަތާއި، ޒަމާނީ ޑިމޮކްރެޓިކް މުޖުތަމަޢެއްގެ ސިފަތައް ދައުލަތުގެ އެންމެހައި ބަހާތަކުން ފެންނަކަން ކަށަވަރު ކުރުމަކީ އެ ޕާޓީގެ އަމާޒެއްކަމަށްވެސް ޝާހިދު ވިދާޅުވެފައި ވެއެވެ.
‏ދޮގާއި މަކަރާއި އޮޅުވާލުމުގައި ދިވެހިން މަކުޑިއަޅުވާ، ބަންދުކޮށް، ހުއްޓުވިދާނެކަމަށް އެއްވެސް ބަޔަކު ޤަބޫލު ކުރާނަމަ އެކުރެވެނީ ވަރަށް ބޮޑު ކުށް ހީއެކެވެ. ދިވެހިންނަކަށް ކޮންމެ ގޮތެއް ވަރިހަމަ ނުވާނެއެވެ. އެމް.ޑީ.ޕީ އަކަށް ކޮންމެ ގޮތެއް ވަރިހަމަ ނުވާނެއެވެ.
‏މި އުފާވެރި މުނާސަބަތުގެ ތަހުނިޔާ އާއި ހެޔޮއެދުން ޕާރޓީގެ ހުރިހާ މެންބަރުންނަށް އަރިސްކުރަމެވެ.
ޝާހިދުގެ މެސެޖުގައި ވިދާޅުވެފައި ވެއެވެ.
ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *