ބޯކޮށް ވާރޭވެހި ފެން ބޮޑުވުމާއި ގުޅިގެން ސިފައިން މާލޭ މަގުތަކުން ފެން ހިންދަން ފަށައިފި

ބޯކޮށް ވާރޭވެހި ފެން ބޮޑުވުމާއި ގުޅިގެން ސިފައިން މާލޭ މަގުތަކުން ފެން ހިންދަން ފަށައިފި

Author
ހުސައިން
26 ޖޫން 2024 10:10
0

ވާރޭ ވެހި މާލޭގެ ބައެއް މަގުތަކުގައި ފެންބޮޑުވުމާ ގުޅިގެން، މަގުތަކުން ފެން ހިންދުމުގައި އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ ސިފައިން ހަރަކާތްތެރިވާން ފަށައިފިއެވެ.

ވިއްސާރަވާނެ ކަމަށް ލަފާކޮށް ރާއްޖޭގެ ބޮޑު ބަޔަކަށް މެޓް އޮފީހުން ވަނީ ހުދު ސަމާލު ނެރެފައެވެ.

ރާއްޖޭގެ މޫސުމާ ބެހޭ ގައުމީ އިދާރާ އިން ހުދު ސަމާލު ނެރެފައި ވަނީ ރޭގެ މެންދަމު 12:00 އިން މިއަދު މެންދުރުފަހު 15:00 އަށެވެ. މެޓް އޮފީހުން ބުނީ މި ވަގުތުގެ ތެރޭގައި ގަޑިއަކު 19 މޭލާއި 24 މޭލަށް ވައިގަދަވެ ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ގަދަވާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ. ހުދު ސަމާލު ނެރެފައިވަނީ ހއ. އިން ދ. އަތޮޅާއި ހަމައަށެވެ.

މި ދުވަސްވަރަކީ ރާއްޖޭގެ އެކި ހިސާބުތަކަށް އަނެއްކާވެސް މޫސުން ގޯސް ދުވަސްވަރެކެވެ. އެގޮތުން މާލެއަށްވެސް ދަނީ ބޯކޮށް ވާރޭ ވެހެމުންނެވެ.

ފަހަކަށް އައިސް މާލޭގެ މަގުތަކުގައި ދަނީ ވާރޭ ވެހިލާއިރަށް ފެންބޮޑުވަމުންނެވެ. މާލޭގެ މަގުތަކުގެ ފެންބޮޑުވުމުގެ މައްސަލަ ހައްލުކުރުމުގެ ނަމުގައި ފާއިތުވި ހިރިހާ ސަރުކާރަކުންވެސް ވަނީ އެތައް މިލިއަން ރުފިޔާއެއް ޚަރަދު ކޮށްފައެވެ. އެހެންނަމަވެސް މާލޭ މަގުތަކުގެ ފެންބޮޑުވުމުގެ މައްސަލަ ދަނީ އަހަރަކަށްފަހު އަހަރެއް ގޯސް ވަމުންނެވެ.

މާލޭ ސިޓީ ކައުންސިލުން މިހާރުވަނީ މަގުތަކުގެ ފެންބޮޑުވުމުގެ މައްސަލަ ހައްލު ކުރުމުގެ ނަމުގައި ބައެއް މަގުތަކުގެ ގާތަށް ނަގާ އަލުން ހަދަން ފަށާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.