ސިނަމާލެ 3 ގެ ޓެރަސްމަތިން ވައްކަން ކުރަން އުޅުން 2 މީހަކު ފުލުހުން ހައްޔަރު ކޮށްފިއެވެ.
ފުލުހުން ބުނެފައިވަނީ ރޭ ފަތިހު 5:01 ގައި މިމައްސަލަ ޕޮލިހަށް ރިޕޯޓު ކޮށްފައިވާކަމަށާއި، މައްސަލަ މިހާރު ތަހުގީގު ކުރަމުންދާ ކަމުގައެވެ. އަދި ތުހުމަތުގައި އުމުރުން 35 އަހަރާއި 42 އަހަރުގެ ދެ ފިރިހެނަކު ހައްޔަރު ކޮށްފައިވާ ކަމުގައިވެސް ފުލުހުން ބުނެފައި ވެއެވެ.
ސިނަމާލެ 3ގައި މިމަހުވަނީ ފެންމޯޓަރެއްގެ ކެބަލްވެސް ބުރި ކޮށްލާފައެވެ. ސިނަމާނެ 3 އިން ވައްކަން ކުރާ މައްސަލައިގެ ކަންބޮޑުވުން މާލޭ ސިޓީ ކައުންސިލުންވެސް ވަނީ ފާހަގަ ކޮށްފައެވެ.
ކޮމެންޓު ފޮނުވާ