އެއްވެސް ލޯނެއް ޑީފޯލްޓް ނުވެ، 2.7 ބިލިއަން ރުފިޔާ ބޭރުގެ ދަރަނީގެ ގޮތުގައި ދައްކައިފިން: ރައީސް

އެއްވެސް ލޯނެއް ޑީފޯލްޓް ނުވެ، 2.7 ބިލިއަން ރުފިޔާ ބޭރުގެ ދަރަނީގެ ގޮތުގައި ދައްކައިފިން: ރައީސް

މި ސަރުކާރު ވެރިކަމަށް އައިފަހު އެންމެ ލޯނެއްވެސް ޑިފޯލްޓް ނުވެ. 2.7 ބިލިއަން ރުފިޔާ ބޭރުގެ ދަރަނީގެ ގޮތުގައި މިހާތަނަށް ދައްކާފައިވާ ކަމުގައި ރައީސް މުއިއްޒު ވިދާޅުވެއްޖެއެވެ.

އެމްޑީޕީއާއި ޑިމޮކްރެޓްސްގެ ޖަގަހަ ކުރިން ހިންގި އިމާރާތުގައި އަލަށް ހެދި، ވެރިކަންކުރާ ޕީއެންސީގެ ޖަގަހަ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ ގައުމުން ބޭރަށް 2.7 ބިލިއަން ރުފިޔާ ދައްކާފައިވާއިރު، ފާއިތުވި 7 މަސް ތެރޭގައި ދަރަނިގެ ގޮތުގައި ޖުމްލަ 13 ބިލިއަން ރުފިޔާ ދައްކާފައިވާ ކަމުގައެވެ.

އެއީ އެބޭފުޅުން.. އަަޅުގަޑުމެންނާ ދެކޮޅު އަޅުގަޑުމެންނާ ވާދަވެރި ބޭފުޅުން ފޮރުވަން ބޭނުންވާ ވާހަކައަކީ.. އަޅުގަޑުމެން ދައްކާނީ ތެދު ބަހުން ވާހަކަ.

ރައީސް މުއިއްޒު ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ އެމަނިކުފާނު އިއުލާންކުރައްވާފައިވާ އިޤްތިޞާދީ އެޖެންޑާގައިވާ ކަންކަން ހާސިލުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާކަމަށާއި، އަދި އެކަމުގެ ހެޔޮ ނަތީޖާވެސް ފެންނަމުންދާކަމަށެވެ. އެގޮތުން މި ސަރުކާރު ހަވާލުވިތާ 7 މަހާއި ދުވަސްކޮޅެއް ވެފައިވާއިރު، ހާސިކުރި އެންމެ ބޮޑު ކާމިޔާބީއަކީ ފައިސާ ޗާޕުކުރުން ހުއްޓާލުންކަމަށް ރައީސް ވިދާޅުވިއެވެ.

"މަޖިލިސް އިންތިހާބެއް ކުރިމަތީގައި އޮތްވާ އެފަދަ ކަމެއް ކުރާނެ ކަމަށް ގިނަ ބަޔަކު ގަބޫލެއް ނުކުރޭ. ނަމަވެސް ފައިސާ ޗާޕުނުކުރަން ނިންމި ނިންމުމަށް ބައިނަލްއަޤްވާމީ މާލީ އިދާރާތަކުން ވަނީ ވަރަށް ބޮޑަށް ފާހަގަކޮށް، ތައުރީފްކޮށްފައި.

ފައިސާ ޗާޕްކުރުން ހުއްޓާލުމަށް ސަރުކާރުން ނިންމި ނިންމުމަކީ ބައިނަލްއަގުވާމީ މާލީ އިދާރާތަކުން ބަލައިގެންފައިވާ ނިންމުމެއްކަން ފާހަގަ ކުރައްވަމުން ރައީސް ވިދާޅުވިއެވެ.

ހ.ވެޔޮވިލާގައި ހުންނަ ޕީއެންސީގެ ޖަގަހަ ހުޅުވުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި ނައިބު ރައީސް ޙުސައިން މުޙައްމަދު ލަޠީފާއި ކެބިނެޓުގެ ވަޒީރުންގެ އިތުރުން ކޯލިޝަނުގެ ޗެއަރޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ބައިވެރިވެލެއްވިއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *