އިންޑިއާއަށް ފުރި މޯލްޑިވިއަންގެ ބޯޓެއް އަބުރާ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް ޖައްސައިފި

އިންޑިއާއަށް ފުރި މޯލްޑިވިއަންގެ ބޯޓެއް އަބުރާ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް ޖައްސައިފި

Author
ޙަސަން މުޙައްމަދު
23 ޖޫން 2024 10:33
0

މޯލްޑިވިއަން އިން އިންޑިޔާގެ ޓްރިވަންޑްރަމަށް ދަތުރު ފެށި ފްލައިޓަކަށް ދިމާވި މައްސަލަކާ ގުޅިގެން އަނބުރާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އަށް ޖައްސައިފިއެވެ.

މިއަދު މެންދުރު 1:00 ގައި ވީއައިއޭއިން ނައްޓާލައިގެން ޓްރިވެންޑްރަމަށް ދަތުރުކުރަމުން ދަނިކޮށް ބޯޓު އަނބުރާ ވީއައިއޭ ގައި ޖައްސާފައިވަނީ ދިމާވި ޓެކްނިކަލް މައްސަލައަކާއި ގުޅިގެން ކަމަށް މިއަދު މޯލްޑިވިއަންއިން އެކްސްގައި ކުރި ޕޯސްޓަކު ބުނެފައި ވެއެވެ.

ޓެކްނިކަލް މައްސަލައާއި ގުޅިގެން ވީއައިއޭ ގައި ޖައްސާފައިވަނީ މޯލްޑިވިއަންގެ ފްލައިޓް 2700Q އެވެ.މޯލްޑިވިއަން އިން ބުނީ އެ ފްލައިޓް ޓްރިވަންޑްރަމަށް ކުރަމުން ދިޔަ ދަތުރު ކެންސަލް ކޮށްފައިވާކަމަށެވެ.

އެ ފްލައިޓަށް ދިމާވީ ކޮން މައްސަލައެއްކަން އަދި ސާފު ނުވާ ކަމަށް މޯލްޑިވިއަންއިން ވަނީ ބުނެފައެވެ. އަދި އެ ކުންފުނީގެ އިންޖީނިއަރިން ޓިމަކުން ދަނީ ދިމާވި މައްސަލަ ދެނެގަތުމަށް މަސައްކަތް ކުރަމުން ކަމަށް އެ ކުންފުނިން މައުލޫމާތު ދެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.