ޕީއެންސީގެ ރަސްމީ ޖަގަހަ ރައީސް ހުޅުއްވައި ދެއްވައިފި

ޕީއެންސީގެ ރަސްމީ ޖަގަހަ ރައީސް ހުޅުއްވައި ދެއްވައިފި

Author
ހުސައިން
23 ޖޫން 2024 10:28
0

ސަރުކާރު ހިންގާ މައި ޕާޓީ, ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ޖަގަހަ, ރައީސް ޑރ.މުޢިއްޒު ރަސްމީކޮށް ހުޅުވައިދެއްވައިފިއެވެ.

ހ.ވެޔޮވިލާގައި ހުންނަ ޕީއެންސީގެ ޖަގަހަ ހުޅުވުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި ނައިބު ރައީސް ޙުސައިން މުޙައްމަދު ލަޠީފާއި ކެބިނެޓުގެ ވަޒީރުންގެ އިތުރުން ކޯލިޝަނުގެ ޗެއަރޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ބައިވެރިވެލެއްވިއެވެ.

މީގެ އިތުރުން މަޖިލީހުގައި ސަރުކާރު ތަމްސީލު ކުރައްވާ މެންބަރުންނާއި ކޯލިޝަނުގެ ސެނެޓަރުން އަދި ބައެއް އެހެން ސިޔާސީ ޕާޓީ ތަކުގެ ވެރިންވެސް ވަނީ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަންނަވާފައެވެ. އަދި ހަމަ އެހެންމެ ކޯލިޝަނުގެ ޢާންމު މެމްބަރުންނާއި ސަރުކާރަށް ތާއީދުކުރާ ގިނަ އަދަދެއްގެ ރައްޔިތުން ވެސް ރަސްމިއްޔާތުގައި ބައިވެރިވިއެވެ.

ސިޔާސީ ޕާޓީއެއްގެ ގޮތުގައި ޕީއެންސީ ރަޖިސްޓްރީ ކޮށްފައިވަނީ 2019 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ 31 ވަނަ ދުވަހުއެވެ. އިލެކްޝަންސް ކޮމިޝަނުގެ ދަފުތަރުން ދައްކާ ގޮތުގައި ޕީއެންސީގައި މިވަގުތު 27,704 މެންބަރުން އެބަތިއްބެވެ.

ޕީއެންސީ އުފެއްދުމަށްފަހު އެ ޕާޓީއިން އެންމެ ބޮޑު އިސްކަމެއް ދީފައިވަނީ 19 ވަނަ ރައްޔިތުންގެ މަޖިލީސް ކާމިޔާބު ކުރުމަށެވެ. އެގޮތުން ޕީއެންސީން ވަނީ އެ މަޖިލީހުގެ 3 ގޮނޑި ކާމިޔާބުކޮށްފައެވެ. އަދި އެއަށް ފަހު، ރިޔާސީ އިންތިޚާބު ކާމިޔާބުކޮށް ޕީއެންސީއިން ވަނީ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ސުޕަރ މެޖޯރިޓީ ހޯދައިފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.