މަސްވެރިންނަށް ފައިސާ ނުލިބޭ މައްސަލަ މާދަމާ މަޖިލިހަށް ހުށަހަޅާނަން: އެމްޑީޕީ

މަސްވެރިންނަށް ފައިސާ ނުލިބޭ މައްސަލަ މާދަމާ މަޖިލިހަށް ހުށަހަޅާނަން: އެމްޑީޕީ

Author
ހުސައިން
23 ޖޫން 2024 02:55
0

މަސްވެރިންނަށް ފައިސާ ނުލިބޭ މައްސަލަ މާދަމާ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާނެކަމުގައި އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުން ބުނެފިއެވެ.

ފައިސާ ނުލިބިގެން މަސްވެރިން ކުރަމުންދާ މުޒާހިރާއާއި ގުޅިގެން މިއަދު އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެމްޑީޕީގެ ޕީޖީ ލީޑަރު ނާޒިލް ވިދާޅުވީ އެމްޑީޕީން މާދަމާ މަޖީލީހަށް މައްސަލަ ހުށަހަޅާނީ ގަރާރެއްގެ ގޮތުގައިތޯ އަދި ކުއްލި މައްސަލައެއްގެ ގޮތުގައިތޯ އަދި ނުނިންމާ ކަމުގައެވެ. އޭނާ ވިދާޅުވީ މަޖިލިހަށް މައްސަލަ ހުށަހަޅާނީ ކޮންގޮތަކަށް ކަމެއް އަދި ނުނިންމާކަމަށާއި، އެކަމަށް ގޮތެއް ނިންމާނީ ޕާލަމެންޓްރީ ގުރޫޕުގައި މަޝްވަރާ ކޮށްފައި ކަމުގައެވެ.

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ނާޒިމް ވިދާޅުވީ އީދުގެ ކުރިން މަސައްވެރިންނަށް 120 މިލިއަން ރުފިޔާ ދޭން ޖެހިފައި ހުރިިކަމުގައެވެ. އެހެންނަމަވެސް އީދުގެ ކުރިން މަސްވެރިންނަށް ދޭންޖެހިފައި ހުރި ފައިސާގެ ތެރެއިން މިހާތަނަށް ދީފައިހުރީ 40 މިލިއަން ރުފިޔާ ކަމަށާއި މިހާތަނަށް އަދިވެސް ނުދީ 80 މިލިއަން ރުފިޔާ އޮތް ކަމުގައެވެ.

އަދި އޭނާ ވިދާޅުވީ ސަރުކާރުން މަސައްކަތް ކުރަމުންދަނީ ފުލުހުން ބޭނުންކޮށްގެން މަސްވެރިންގެ ހައްގުތައް ނިގުޅައިގަތުމަށް ކަމުގައެވެ.

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި،

ކެންދޫ ދާއިރާގެ މެމްބަރު އަދި ޓޫރިޒަމް އެމްޕްލޯޔީސް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ޖެނެރަލް ސެކްރެޓަރީ މައުރޫފް ޒާކިރު (މަޓޭ) ވިދާޅުވީ މުޒާހިރާ ކުރަމުންދަނީ ހަމައެކަނި އެމްޑީޕީގެ މެމްބަރުން އެކަނި ނޫންކަމަށާއި، މުޒާހިރާ ކުރަމުންދާ ފަރާތްތަކުގެ ތެރޭގައި ޕީއެންސީގެ މެމްބަރުންވެސް ތިބި ކަމުގައެވެ.

މަސްވެރިން އައްޑޫ ސިޓީގައި ކުރަމުންދާ މުޒާހިރާއާއި ގުޅޭގޮތުން ފުލުހުން ރޭ ނެރުނު ނޫސް ބަޔާނެއްގައި ވިދާޅުވީ މަސްވެރިން އައްޑޫ ސިޓީގައި ކުރަމުންދާ އިހުތިޖާޖު، ސުލްހަވެރިކަމާއެކު ގާނޫނީ އިމުގެ ތެރެއިން ކުރިޔަށް ގެންދިއުމުގެ ފުރުސަތު ދެމުންދާ ކަމަށާއި، މި އިހުތިޖާޖާ ގުޅިގެން މިފްކޯގެ އައްޑޫ ފިޝަރީޒް ކޮމްޕްލެކްސްގެ އޮޕަރޭޝަންތަކަށް ހުރަސްއެޅިފައިވުމާއެކު އެ އޮޕަރޭޝަންތައް އަލުން ފެށޭނެ މާހައުލެއް އުފެއްދުމަށްވެސް ދިވެހި ފުލުހުން މަސައްކަތް ކުރަމުންދާ ކަމުގައެވެ.

އަދި  ފުލުހުން އަމަން ގާއިމްކޮށް ރައްކާތެރިކަން ކަށަވަރުކުރުމަށް އަޅާ ފިޔަވަޅުތަކަށް މަސްވެރިންގެ ފަރާތުން އެއްބާރުލުންދީ ގާނޫނާއި ގަވާއިދާ ޚިލާފު އަމަލެއް ނުކުރުމަށް މަސްވެރިންގެ ކިބައިން ފުލުހުންގެ ބަޔާނުގައި އެދިފައި ވެއެވެ.

އަދި އިހުތުޖާޖު ކުރުމުގައި ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ބޭނުން ކުރުމުގައި އެއްވެ އުޅުމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ގާނޫނާއި އަދި އެހެނިގެން ގާނޫނުތަކާއި ގަވާއިދުތަކުގެ ހުދޫދުގެ ތެރެއިން މަސްވެރިންގެ ކަންބޮޑުވުންތަކާއި ޝުއޫރުތައް ފާޅުކުރުމުގައި ފުލުހުންގެ ފަރާތުން ސެކިއުރިޓީ ލައިން ގާއިމްކޮށް މަސްވެރިންނަށް ދޭންޖެހޭ އެއްބާރުލުން ދޭނެކަމުގައިވެސް ފުލުހުން ވިދާޅުވެފައި ވެއެވެ.

އެގޮތުން ކުރިޔަށް ގެންދާ އިހުތިޖާޖުތަކުގައި ގާނޫނާއި ގަވާއިދުތަކަށް ހުރުމަތްތެރިކޮށް ހިތައި އާންމު މަސްލަހަތު އިސްކުުރުމަށްވެސް މަސްވެރިންނަށް ފުލުހުން އިލްތިމާސް ކޮށްފައި ވެއެވެ.

މަސްވެރިން ބާނާ މަހަށް ފައިސާ ނުލިބިގެން ހުޅުމީދޫގައި މަސްވެރިން ކުރާ މުޒާހިރާ މެދު ނުކެނޑި އަދިވެސް މަސްވެރިން ގެންދަނީ ކުރިޔަށް ގެންދަމުންނެވެ. މަސްވެރިން މުޒާހިރާ ކުރަމުންދަނީ އައްޑޫ މިފްކޯ ބަނދަރުގައެވެ. އަދި މި ސަރަހައްދުގައި 80 ވަރަކަށް މަސްއވެރިން މުޒާހިރާ ކުރަމުންދާ ކަމަށްވެސް ވަނީ މައުލޫމާތު ލިބިފައެވެ.

މިފްކޯގެ އައްޑޫ ސިޓީ ބަނދަރުގައި މަސްވެރިން އިއްޔެ ފެށި އިހުތިޖާޖާއި ގުޅޭގޮތުން އަދި މިހާތަނަށްވެސް އެކަށީގެންވާ ޖަވާބެއް ލިބިފައި ނުވާތީ މަސް ފެކްޓަރީގެ ހުރިހާ ސީނިއާ މުވައްޒަފުން ފެކްޓްރީން ބޭރުކޮށް މަސް ކެއްކުމަށް ހުރަސް އަޅާނެކަމުގެ އިންޒާރު މަސްވެރިން ދީފައިވާކަމަށް ފުލުހުން ބުނެފައި ވެއެވެ.

މި މުޒާހިރާއާއި ގުޅިގެން ފިޝަރީޒް މިނިސްޓަރޔ އަހުމަދު ޝިޔާމް ވިދާޅުވީ އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް ސަރަހައްދުގައި ކުރިޔަށްދާ އިހުތިޖާޖު ފެށުމުގެ ކުރިންވެސް އަދި މިހާރުވެސް ސަރުކާރުން ދަނީ ވަރަށް ގާތުން ބަލަމުން އަޑުއަހަމުން އަދި އެކަމުގައި މިފްކޯ އަދި ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތަފްސީލުވެސް މަސްވެރިންނާއި ހިއްސާކުރަމުންދާ ކަމުގައެވެ.

ފާއިތުވި ދޮޅުމަހެއްހާ ދުވަހު މަސްވެރިން މިފްކޯއަށް ކުރުވާފައިވާކަމަށް 80 މިލިއަން ރުފިޔާ އެކުންފުނިން މަސްވެރިންނަށް ދޭން ޖެހެއެވެ. އޭގެ ތެރެއިން މިފްކާއިން ފާއިތުވެދިޔަމަހުގެ ތެރޭގައި މިފްކޯއިންވަނީ މަސްވެރިންނަށް ދައްކާފައެވެ.

މަސްވެރިންނަށް ފައިސާ ނުލިބިގެން ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަނުންއިންވެސް މިމަހުގެ 12 ވަނަ ދުވަހު މާލޭގައި މުޒާހިރާ ކޮށްފައި ވެއެވެ. އެހެންނަމަވެސް މުޒާހިރާ ހުއްޓާލީ މަސްވެރިނަށް ވިއްކާ ތެލުގެ އަގު ސަރުކާރުން ދަށް ކުރުމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.