މީނާލް ފެނުނީ ފަޅު ގެއަކުން، ފަރުވާއަށް ތިނަދޫއަށް

މީނާލް ފެނުނީ ފަޅު ގެއަކުން، ފަރުވާއަށް ތިނަދޫއަށް

Author
އަހުމަދު
23 ޖޫން 2024 11:06
0

ގދ. ފިޔޯރީން އިއްޔެ ގެއްލުނު ކުޑަ ކުއްޖާ އިއްޔެ ފެނުނީ ފަޅު ގެއަކުން ކަމަށް އެ ރަށު ކައުންސިލުން ބުނެފިއެވެ.

އެ ރަށު ފިނިވިލާގެ، މަރިޔަމް މީނާލް މުހައްމަދު 9، ވީނުވީއެއް ނޭނގި ގެއްލުނީ އިއްޔެ ހަވީރު 17:30 ހާއިރެވެ.

ފިޔޯރީ ކައުންސިލުން ބުނީ މީނާލް ފެނުނީ އެ ކުއްޖާ ދިރިއުޅޭ ގެއާ ކައިރީގައި ހުންނަ ފަޅު ގެއަކުން ކަމަށާއި ފެނުނު އިރު އެއްވެސް ހަރަކާތެއް ނެތް ކަމަށެވެ. އެކަމަކު، ފިޔޯރީ ސިއްހީ މަރުކަޒަށް ގެންގޮސް ފަރުވާ ދިނުމުން ހާލު މިހާރު ރަނގަޅު ކަމަށް ކައުންސިލުން ބުންޏެވެ.

ކައުންސިލުން ބުނީ އެ ކުއްޖާގެ އިތުރު ޓެސްޓުތަކެއް ހެދުމަށްޓަކައި މިއަދުގެ ވަގުތެއްގައި ގދ. ތިނަދޫ އަށް ގެންގޮސްފައިވާ ކަމަށެވެ.

މީނާލް ފަޅު ގެއިން ފެނުނީ ރޭ 11:30 ހާއިރެވެ.

މީނާލް ހޯދުމުގެ މަސައްކަތުގައި އުޅުނު ކުދިބޮޑު ހުރިހާ އެންމެންނަށް ކައުންސިލުން ޝުކުރު އަދާކުރިއެވެ. ވަކިން ހާއްސަކޮށް ގދ. ފަރެސްމާތޮޑާ އާއި ގދ. ރަތަފަންދޫ ރައްޔިތުންގެ ފަރާތުން ލިބުނު އެހީތެރިކަމާއި ފުލުހުންގެ އެއްބާރުލުން ކައުންސިލުން ފާހަގަކުރެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.