ގދ. ފިޔޯރީން ގެއްލިގެން ހޯދި އަށް އަހަރުގެ އަންހެން ކުއްޖަކު ފެނިއްޖެ

ގދ. ފިޔޯރީން ގެއްލިގެން ހޯދި އަށް އަހަރުގެ އަންހެން ކުއްޖަކު ފެނިއްޖެ

Author
ޙަސަން މުޙައްމަދު
23 ޖޫން 2024 12:16
0
ގދ. ފިޔޯރީން ގެއްލިގެން ހޯދި އަށް އަހަރުގެ އަންހެން ކުއްޖަކު ފެނިއްޖެ އެވެ.

ދިވެހި ފުލުހުންގެ ހިދުމަތުން ވަނީ އެ ކުއްޖާ ފެނިފައިވާކަން ކަށަވަރުކޮށްދީފަ އެވެ.

އެ ރަށު ފިނިވިލާގެއަށް ނިސްބަތްވާ މީނާލް ގެއްލުނުކަން ފާހަގަވީ މިއަދު ހަވީރު 17:35 ހާއިރެވެ. އެއާއެކު މީނާލް ހޯދުމުގެ މަސައްކަތް ފިޔޯރީ ރައްޔިތުންނާއި ގުޅިގެން ފުލުހުން ފެށިއެވެ.

ފުލުހުން މިއަދު ވަނީ ޏ. ފުވައްމުލަކު ސިޓީ / ދިގުވާޑް އެފްރޯ، އަހްމަދު އިޔާސް ވަސީމް ގެއްލިގެން ހޯދަން ވެސް ފަށައިފަ އެވެ. ނަމަވެސް ގެއްލިގެން ހޯދަމުންދާ 24 އަހަރުގެ އެ ޒުވާނާ އަދިވެސް ނުފެންނަކަމަށް ފުލުހުން ބުނެފައި ވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.