ހުޅުމާލޭގައި މާރާމާރީ ހިންގުމަށްފަހު ފިލަން މަަސައްކަތް ކުރި، ފުލުހެއްގެ ގައިގައި ކާރަކުން ޖެއްސި މީހާ ހައްޔަރު ކޮށްފިއެވެ.
މިހާދިސާ ހިނގާފައިވަނީ މިމަހު 15 ވަނަ ދުވަހުގެ ރޭ ދަންވަރު 4:10 ހާއިރުއެވެ. ހުޅުމާލޭ ފިލިގަސް މަގުގައި މި މާރާމާރީއެއް ހިނގައިގެން ރިޕޯޓު ކުރުން ފުލުހުން އެސަރަހައްދަށް ގޮސްފައިވެސް ވެއެވެ.
މި ހާދިސާ ހިގި ސަރަހައްދަށް ފުލުހުން ދިއުމުން، މާރާމާރީ ހިންގި މީހާވަނީ އެ ސަރަހައްދުގައި އޮތް ކާރަކަށް އެރުމުން، ކާރު ހުއްޓުވަން ފުލުހުން މަސައްކަތް ކޮށްފައި ވެއެވެ. އެހެންނަމަވެސް ކާރުން ފުލުސް މީހާގައިގައި ޖެއްސުމަށްފަހު ކާރުގައި ތިބި މީހުންވަނީ ފިލާފައެވެ.
ނަމަވެސް ފަހުން ފުލުހުން ވިދާޅުވެފައިވަނީ އޭގެ ތެރެއިން އެކަކު ހައްޔަރުކޮށް ދެވަނަ މީހާ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމުގައެވެ. ހައްޔަރު ކުރި މީހާގެ ބަންދަށް ފަހުން ވަނި 15 ދުވަސް ޖަހާގައެވެ. އަދި ކާރުން ޖެހި އަނިޔާވި ފުލުސް މީހާއާއި މާރާމާރީގައި އަނިޔާވި މީހާއަށްވެސް ހުޅުމާލޭ ހޮސްޕިޓަލުން ފަރުވާ ދިނުމަށްފަހު މިހާރު ދޫކޮށްލާފައިވާކަމަށްވެސް ފުލުހުން ވިދާޅުވެފައި ވެއެވެ.
ފުލުހެއްގެ ގައިގައި ކާރުން ޖެއްސުމަށް ފަހު ފިލީ، ކުރީގެ ޑެޕިއުޓީ ކޮމިޝަނަ އޮފް ޕޮލިސް، އަލީ ރަޝީދުގެ ފިރިހެން ދަރިފުޅުކަމަށްވަނީ މައުލޫމާތު ލިބިފަ އެވެ.
ފުލުހުންދަނީ މިމައްސަލަ ތަހުގީގު ކުރަމުންނެވެ.
ކޮމެންޓު ފޮނުވާ