ޢީދު މިސްކިތުން މި މަހު އެކަނިވެސް ވަނީ 10 ފަންކާ ވަގަށް ގެންގޮސްފައި

ޢީދު މިސްކިތުން މި މަހު އެކަނިވެސް ވަނީ 10 ފަންކާ ވަގަށް ގެންގޮސްފައި

Author
ހުސައިން
21 ޖޫން 2024 01:06
0

އީދު މިސްކިތުން މި މަހު އެކަނި 10 ފަންކާ ވަގަށް ނަގާފައިވާ ކަން، މާލެ ސިޓީ ކައުންސިލުން އޭގެ ކަންބޮޑުވުން ފާޅުކޮށްފި އެވެ.

ވެރިރަށް މާލެ ހިމެނޭ ސަރަހައްދުގެ ސިޓީ ކައުންސިލުން ކުރި ޕޯސްޓެއްގައި ބުނީ މިސްކިތުގެ ކެމެރާ ފުޓޭޖުތަް ނަގައި ފުލުހަށް މައްސަލަ ހުށަހެޅުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

"މިސްކިތްތަކުން ވައްކަން ކޮށް ތަކެއްޗަށް ގެއްލުންދީ ނެހެދުމަށް ކައުންސިލުން އިލްތިމާސް ކުރަން،" ސިޓީ ކައުންސިލްގެ އެކްސް އެކައުންޓުން ކުރި ޕޯސްޓުގައިވެ އެވެ.

މާލޭގެ މިސްކިތްތަކުން ފަންކާ ވަގަށް ނެގުމުގެ ކަންކަން މި ފަހަކުން އަންނަނީ ހިނގަމުންނެވެ.

މިދިޔަ މާޗު މަހު ތަގުވާ މިސްކިތުން ހަތް ފަންކާ އަދި ދަރުމަވަންތަ މިސްކިތުން ވެސް ފަންކާއެއް ވަގަށް ނެގި އެވެ. އޭގެ ފަހަތުގައި ހުރި މީހާ ހޯދައި އޭރުގައި ހައްޔަރު ވެސް ކުރި އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.