ރޭގެ އެކްސިޑެންޓަށްފަހު ފިލި މީހާ އަދިވެސް ނުފެނޭ

ރޭގެ އެކްސިޑެންޓަށްފަހު ފިލި މީހާ އަދިވެސް ނުފެނޭ

Author
ހުސައިން
19 ޖޫން 2024 05:19
0

ރޭގެ އެކްސިޑެންޓަށްފަހު ފިލި މީހާ އަދިވެސް ނުފެންނަ ކަމުގައި ފުލުހުން ބުނެފިއެވެ.

ފުލުހުންގެ ތަރުޖަމާން އަހްމަދު ޝިފާން ވިދާޅުވީ، މި އެކްސިޑެންޓްގައި ސީރިއަސް އަނިޔާއެއް ނުލިބޭ ކަމަށާއި އެކްސިޑެންްޓްގައި ފިލި މީހާ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ބުރިޖް ހައިވޭގައި ދެ ސައިކަލެއް މުޑި އަރައިގެން އެކްސިޑެންޓެއް ހިނގީ ރޭ 8:45 ހާއިރުއެވެ. މި އެކްސިޑެންޓުގައި އެއް ސައިކަލުގައި އިން މީހާ ވަނީ ފިލާފައެވެ.

އަދި ފަހަތުން އައި ކާރެއް ބަރަކި ޖެއްސުމުން އެ ކާރުގެ ފަހަތުން އައި ސައިކަލުގައި ތިބި ދެމީހުންނަަށް އަނިޔާވިއުރު އެ ސައިކަލުގައި އިން އަންހެނަކާއި ފިރިހެނަކު ވަނީ އެމްބިއުލާންސަށް އަރުވައިގެން ހޮސްޕިޓަލަށް ގެންގޮސްފައެވެ.

ފުލުހުން ދަނީ މި އެކްސިޑެންޓް ތަހުގީގް ކުރަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.