ޕޯސްޓު މެދުވެރިކޮށް މަސްތުވާތަކެތި އެތެރެކުރި މީހާގެ ބަންދަށް 15 ދުވަސް ކުރިމިނަލް ކޯޓުން ޖަހައިދީފިއެވެ.
އޭނާ ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން ނެރުނު އަމުރުގައި ބުނެފައިވަނީ ޕޯސްޓު މެދުވެރިކޮށް ރާއްޖެއަށް އެތެރެކުރި ޕެކޭޖެއްގައި މަސްތުވާތަކެތި ހުރި ކަމަށް ޝައްކުވެގެން، އެ ފޮށިގަނޑު ބަލައި އައި މީހާގެ ހާޒިރުގައި ފޮށި ކަނޑައި ބަލައިފާސްކުރި ކަމަށެވެ.
ޕޯސްޓު މެދުވެރިކޮށް އައި ޕެކޭޖެއްގައި މަސްތުވާތަކެތި ހުރި ކަމަށް ޝައްކު ކުރެވިގެން ފުލުހުން ހިންގި އޮޕަރޭޝަނެއްގައި، އެ ޕެކޭޖު ބަލައި އައި މީހާގެ ހާޒިރުގައި ކަނޑައި ބެލިއިރު، އޭގައި މަސްތުވާތަކެތި ހުރި ކަމަށް ކޯޓު އަމުރުގައި ބުނެފައިވެއެވެ.
އޭގައި 1006 ގުރާމްގެ ކެނެބިސް ކަމަށް ފުލުހުން ވަނީ ކޯޓުގައި ފާހަގަކޮށްފައެވެ. މި ފޮށިގަނޑު ބަލައި އައި މީހާ އާއެކު ހިންގުނު ކޮންޓްރޯލް ޑެލިވަރީގައި ފޮށިގަނޑު ބަލައި އައީ ޝަމްއާން ކަމަށާއި އަދި އެ ދެ މީހުންގެ ދެ މެދުގައި ފޮށިގަނޑާއި ގުޅޭ ގޮތުން މުއާމަލާތްތަކެއް ހިނގާފައިވާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.
ޕޯސްޓު މެދުވެރިކޮށް ފޮށިގަނޑެއްގައި ކިލޯއަކަށް ވުރެ ގިނަ މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ކެނަބިސް އެތެރެކުރި މައްސަލައިގައި ހައްޔަރު ކޮށްފައިވަނީ، ތ. ތިމަރަފުށި، ކަށިތެޔޮމާގޭ އުމުރުން 30 އަހަރުގެ އަބްދުﷲ ޝަމްއާން ނަމަކަށް ކިޔާ މީހެކެވެ.
މި ފޮށިގަނޑު ބަލައި އައި މީހާ އާއެކު ހިންގުނު ކޮންޓްރޯލް ޑެލިވަރީގައި ފޮށިގަނޑު ބަލައި އައީ ޝަމްއާން ކަމަށާއި އަދި އެ ދެ މީހުންގެ ދެ މެދުގައި ފޮށިގަނޑާއި ގުޅޭ ގޮތުން މުއާމަލާތްތަކެއް ހިނގާފައިވާ ކަން ކޯޓު އަމުރުން އެނގެން އޮތް އިރު އޭނާގެ ކުޑަކަމުދާތަކެތި މަސްތުވާތަކެތީގެ ބާވަތަކަށް ޕޮޒިޓިވް ވެފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ކޮމެންޓު ފޮނުވާ